އިރާނާއި އިޒްރާއިލު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކޮށްފާނެ ގެއްލުންތަކާއި މެދު ސަރުކާރާޢި އިދިކޮޅު ފަރާތްތަކުން މަޝްވަރާކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އެ މައްސަލައިގައި ވަނީ ތިން ވަނަ ބޮޑު ހަނގުރާމައިގެ މަލަމަތި ފެންނަން ފަށާފައިވާކަމަށެވެ. އަދި މިހާރު ހަނގުރާމައިގެ ސަބަބުން ދުނިގޭގެ ތެލުގެ ބާޒާރަށް އަސަރު ކުރަމުންދާކަމަށް ވެއެވެ. މި މައްސަލައިގައި ވަނީ ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑާއި ބޭސް ފަދަ އަސާސީ ސާމާނު ހުރިކަން ރައްޔިތުންނަށް ޔަގީންވާ ޖެހޭ ކަމަށްވެއެވެ.
މީކާއިލްގެ މައްސަލައި އެ ތަކެތި ހުސްވުމެއް ނެތި ލިބޭނެކަން ސަރުކާރުން ކަށަވަރުކޮށްދިނުމަށް ގޮވާލައި ވަނީ މި ވަގުތު ޑޮލަރުގެ ރިޒާވް ހުރި މިންވަރު ބަލައި ކޮންމެ ހަފްތާއަކު ވެސް މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީ މެދުވެރިކޮށް އެކަން މޮނިޓާކުރުމަށެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވީ، އީރާނާއި އިޒްރޭލުގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ކުރިމަތިވާނެ ދަތިތަކާއި ގުޅޭގޮތުން އެ ސިނާއަތުގެ އިސްވެރިންނާއި މަޝްވަރާކޮށް، މި މައްސަލައަށް ގެންނަން ޖެހޭ ހައްލެއް ގެނެސް، މަސައްކަތް ކުރަންޖެހޭކަމަށެވެ.
މައުރޫފު ވިދާޅުވީ، ދިވެހިރާއްޖެއަކީ މުދާ އިމްޕޯޓުކުރުމުގެ މައްޗަށް ބިނާވެފައިވާ ގައުމަކަށްވުމާއިއެކު އަސާސީ ތަކެތީގެ ތެރޭގައި ތެލާއި ކާޑުގެ އިތުރުން ބޭހުގެ އެކަށީގެންވާ މިންވަރުގެ ސްޓޮކެއް ހުރިކަން ކަށަވަރުކުރަންޖެހޭކަމެއްކަމަށެވެ.
އެއީ އަޅުގަނޑުމެންގެ މަގްސަދަކީ، މި ކުއްލި މައްސަލަ ހުށަހަޅައިގެން، މިކަން… މި ބަހުގެ ކުރާ ސަބަބަކީ، ހަގީގަތަކީ، އަޅުގަނޑުމެންނަށް އިޒްރޭލު އަނިޔާވެރިކަމުން ސަލާމަތްނުވެ މިފަދަ ކަންކަމާއި ކުރިއަތް އޮތް ތަނުގައިވެސް ދިމާވާނެ، އަޅުގަނޑުމެން މި ފުރުސަތުގައި ގޮވާލަންޖެހޭ އިސްލާމީ ހުރިޙާ ގައުމުތައް އެއްބައިވެ، މިކަމުން ސަލާމަތްވުމަށްޓަކައި ކުރެވެން އޮތް ހުރިޙާ މަސައްކަތެއް ކުރަން، އެހެންނަމަވެސް، ހިތާމަޔަކީ ބައިބައިވެފައި އިސްލާމީ އަރަބި ގައުމުތަކުގެ ސަބަބުން، މީގެ ނާޖައިޒު ފައިދާ ޔަހޫދީ ޒައިނިސްޓުން ނަގަމުންދާކަން… އެހެންނަމަވެސް، މި ކުޑަކުޑަ ދިވެހިރާއްޖެއިން، އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި އިޒްރެއިލާއި ޔަހޫދީ ސަރުކާރާއި ދެކޮޅަށް، ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކަމެއް
މައުރޫދު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަށް އެއްވެސް އިޒުރެއިލް ރައްޔިތަކަށް އެތެރެވުނެވޭނެގޮތަށް، ޑުއަލް ޕާސްޕޯޓު ބޭންކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާކަމަށެވެ.

