ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ރައީސުލްމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ނެރުނު އިއުލާނުގައި ވަނީ، އެޗްއާރްސީގައި ހުސްވެފައިވާ 2 މެމްވަރުކަމުގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ.
އެޗްއާރްސީއެމްއަށް ކުރިމަތިލުމަށް އެދޭ ފޯމުގެ ސުންގަޑިއަކީ، 2025 ޖުލައި 9 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިނެވެ. އެގޮތުން ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެންދުނު 8:30 އިން މެންދުރު 12:00 ޖެހުމުގެ ނިޔަލަށް ފޯމް ހުށަހެޅޭނެއެވެ.
މީގެއިތުރުން، މި އެޕްލިކޭޝަން ފޯމް ރައީސް އޮފީހުގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.
އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ، މީގެ ކުރިން އެޗްއާރްސީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، މޫމިނާއާއި ޝިފާތުގެ މެމްބަރުކަމުގެ މުއްދަތު ހަމަވުމުންނެވެ.

