ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް މައްސަލަ: އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް!

ކޭޕާކް މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ހާޒިރުވި ހެކިވެރިޔާއަކީ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓް ގަތް މީހެކެވެ. އޭނާ ކިޔާދިން ގޮތުގައި ކޭޕާކްގެ އެޕާޓްމަންޓު ވިއްކާކަމުގެ މައުލޫމާތު ލިބުމާއެކު، ފިރިމީހާއާއެކު ގޮސް ކޭޕާކްގެ ފަރާތުން ބަޔަކާ ބައްދަލުވެސް ކުރި ކަމަށާއި، އަދި އެޕާޓްމަންޓު ގަތުމަށް ފައިސާވެސް ދައްކާފައިވާނެ ކަމަށެވެ.

ފައިސާ ދައްކާފައިވާނީ ޗެކްގެ ޒަރިއްޔާއިން ކަމަށާއި، ފުރަތަމަ ފައިސާ ދެއްކީ ޗެކްގެ ޒަރިއްޔާއިން ކަމަށްވެސް އޭނާ ކިޔާދިނެވެ. އެގޮތުން ޗެކް ދިނީ މަމްދޫހުގެ އަތަށްކަމަށްވެސް އޭނާ ކިޔާދިނެވެ. ދެފަހަރެއްގެ މަތިން ދެލައްކަ ރުފިޔާ ދައްކާފައިވާނެކަންވެސް ހެކިވެރިޔާ ކިޔާދިނެވެ. އެގޮތުން ދެވަނަ ފަހަރު ޗެކް ޖަމާކުރީ ހަމްބޯ ކުންފުނީގެ އެކައުންޓަށްކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެއްބަސްވުން ހެދުމަށް އެކި ފަހަރުމަތިން މަމްދޫހުއާ ގުޅުމުންވެސް އެކަމުގައި މަސައްކަތް ކުރާ ޖައިޝާން ސައީދު ބަލިވެ އުޅޭކަމަށް ބުނެ އެއްބަސްވުމުގެ ކަންކަން ކުރިއަށް ނުގެންދެވޭކަމަށް އެ ހެކިވެރިޔާ ކިޔާދިނެވެ.

މި މުއާމަލާތާ ގުޅިގެން އެއްވެސް ވަރަކަށް ޖައިޝާން ސައީދުއާ މުއާމަލާތު ކުރެވިފައިނުވާކަމަށްވެސް އޭނާ ކިޔާދިނެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން މަމްދޫޙުގެ ވަކީލު ވިދާޅުވީ، އޭނާ މި މައްސަލައިގެ ވަކީލަކަށް އައްޔަނު ކޮށްފައިވަނީ މިއަދު ކަމަށާއި، އެހެންކަމުން ލިއެކިއުންތައް ލިބިފައިނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، މަމްދޫޙުއަށް މި މައްސަލައިގެ ލިއެކިއުންތައް މީގެ އަހަރެއްގެ ކުރިން ހަވާލު ކުރެވިފައިވާނެ ކަމަށާއި، ވަކީލެއްގެ ފުރުސަތުވެސް އެކި ފަހަރުމަތިން ދެވިފައިވާނެ ކަމަށެވެ. އަދި ހެކިވެރިޔާއަށް ދައްކާ ލިއެކިއުންތައް މި އަޑުއެހުމުގައި ދިފާއީ ވަކީލަށްވެސް ދައްކަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ދެން ހާޒިރުވި ހެކިވެރިޔާއަކީވެސް ކޭޕާކް ރެޒިޑެންސްއިން އެޕާޓްމަންޓު ގަތުމަށް ފައިސާ ދެއްކި ފަރާތެކެވެ. އޭނާއަށް މި އެޕާޓްމަންޓުގެ މައުލޫމާތު ލިބުނީ އޭނާގެ އަންހެނުންގެ އާއިލާ މީހެއްގެ ފަރާތުންކަމަށް ކިޔާދިނެވެ. އެއީ މި މައްސަލައިގައި ދައުވާލިބޭ ޖައިޝާން ސައީދެވެ.

އޭނާވެސް ވަނީ 8 ލައްކަ ރުފިޔާ އެޕާޓްމަންޓު ގަތުމަށް ދައްކާފައެވެ. އޭނާ ކިޔާދިން ގޮތުގައި އެ ހުރިހާ ފައިސާއެއް ޖަމާކޮށްފައިވާނީ ހަމްބޯ ކުންފުނީގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށެވެ.

މި މައްސަލައިގައި މަމްދޫޙުގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި އަދިވެސް ގިނަ ހެކިންތަކެއްގެ ހެކިބަސް ނެގުން ކުރިއަށްދެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި މައްސަލައިގައި ކޯޓުގައި އުފުލާފައިވާ ދައުވާތަކުގައި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން، މަނީ ލޯންޑްރިންގއާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާތަކެއް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: