ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެއްޖެއެވެ.
މި ޙާދިސާގެ މައުލޫމާތު ހިއްސާކޮށް އެމްއެންޑީއެފުން ބުނީ، ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލައިގެން ސިފައިން ޙަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުންދާ ކަމަށެވެ.
މި ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލިއިރު، އޭގައި ތިބީ ކިތައް މީހުންކަން އަދި ސާފެއް ނޫނެވެ.
މީގެ އިތުރުން، އޭގެން ދަތުރު ކުރި ބައެއް މީހުން ސަލާމަތްކޮށް، ޅ. އަތޮޅު ހޮސްޕިޓަލް ހުންނަ ނައިފަރަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
މި ޙާދިސާގައި ނިޔާޔާވެފައި ވަނީ ދިވެހި ފިރިހެނެކެެވެ.

