ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ދެއްކުން ލަސްވީ ހުކުމްކުރިކަން ނޭނގޭތީ: ސިނާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ މެމްބަރު، ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ބޭންކް ލޯނެއްގެ މައްސަލައިގަ އެވެ. މިއީ އޭނާ އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ލޯނެއް، ހުކުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަމަށް ބުނެ ހުށަހެޅި މައްސަލަ އެކެވެ.

ގާނޫނުއަސާސީގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުކުމާއި އެއްގޮތަށް ސާބިތު ދަރަނި ދައްކަވަމުން ނުދާނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

މައްސަލައިގައި ހިމެނެނީ ސިނާނު އެހެން ބަޔަކާއި ގުޅިގެން އެމްއައިބީން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. އަދި ލޯނުން 2.5 މިލިއަން ރުފިޔާ ނުދައްކާތީ ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމް ކުރީ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށެވެ. އަދި ހަ މަހަށް ބަހައިލުމުން ކޮންމެ މަހަކަށް ޖެހޭ އަދަދު މަދުވެގެން މަހަކު ކޯޓަށް ދެއްކުމަށް ވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ބަހުސަށް ބަލާއިރު، މައިގަނޑު ސުވާލެއް އަމާޒުވީ ސިނާން ދަރަނި ދެއްކީ ކޯޓުން ކުރި ހުކުމާ އެއްގޮތަށްތޯ ނޫންތޯއާ މެދުއެވެ. ސިނާންގެ ވަކީލު ވިދާޅުވާ ގޮތުގައި ދަރަނި ދައްކަން ކޯޓުން ދިން މުއްދަތަކީ ހަ މަސްދުވަހެވެ. އަދި އެ މުއްދަތު ހަމަނުވަނީސް ދަރަނި ދައްކާފައިވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ. އަދި ދަރަނި ދައްކާފައިވަނީ މިފަދަ ހުކުމެއް އޮތްކަން މެމްބަރަށް އެނގިވަޑައިގަތުމާ އެކުކަމަށްވެސް ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ސިނާންގެ ވަކީލު ވިދާޅުވީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ސިނާން މައްސަލައަށް އައްޔަންކުރި ވަކީލު ހާޒިރުނުވެވޭނެ ކަމަށް އަންގާފައިވަނިކޮށް ގައިރު ހާޒިރުގައި ކަމަށާއި، ހުކުމް ކުރި ކަމެއް ވެސް މެންބަރު ސިނާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ހަމައެއާއެކު، މެމްބަރު ސިނާނަށް ހުކުމުގެ މައުލޫމާތު ލިބިވަޑައިގަތީ އޭގެ މާ ފަހުންކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މައުލޫމާތު އެނގިވަޑައިގެންނެވީ ފަހުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅި ރަޖިސްޓްރީ ކުރުމުން ކަމަށެވެ. 

އެހެންކަމުން ދަރަނި ދެއްކުމުގެ ހުކުމުގެ މައުލޫމާތު ސިނާނަށް އެނގިވަޑައިގަތް ސީދާ ދުވަހުގެ ތާރީހު އަދި ދަރަނީގެ ފައިސާ ދެއްކި ގޮތް އެނގޭނެ ލިޔެކިޔުންތަކާއި ބޭންކް ސްޓޭޓްމަންޓްތައް ކޯޓަށް ހުށަހެޅުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ސިނާނަށް އަންގަވާފައެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތާ ގިނަ ދުވަސް ވެއްޖެ އެވެ. އޭރު މައްސަލަ ކޯޓުގައި ކުރިޔަށް ނުގޮސް އޮތީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޝަނުގައި ތިއްބެވުމުންނެވެ. ދުަސްތޫރީ ބޮޑެތި މައްސަލަތައް ކުރިޔަށް ގެންދެވޭނީ ހަތް ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ ގޮތަށެވެ.

މައްސަލަ ކޯޓުގައި ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއާއި، ފަނޑިޔާރު ހުސެއިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.

މީގެ ކުރީގައި ވެސް މިފަދަ މައްސަލަތަކާއި ގުޅުވައި، މެމްބަރުންގެ ގޮނޑިއާއި މެދު ސުވާލު އުފެދިފައި ވެއެވެ. އަދި މިއީ 20 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާއި މެދު ސުވާލު އުފައްދައި ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: