ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ކަމަކީ ބިލެއް ފާސްކޮށް، ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް އިސްލާހު ފޮނުވުން: މައުރޫފް

ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމަށް ފަހު އެ ފާސްކޮށް، ތަސްދީގު ކުރައްވާތާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ގާނޫނަށް އިތުރު އިސްލާހުތައް ފޮނުވުން އާންމުވެފައިވާކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރިޔަށް ގެންދިޔައީ، ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަށެވެ. ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅުއްވާފައިވާ އެ  ބިލުގައި 14 އިސްލާޙެއް ވަނީ ހިމަނާފަ އެވެ. އިސްލާޙުތަކުގެ ތެރޭގައި ބަންޑާރަނައިބުގެ ބާރުތައް ހަނިކުރުމާއި، ރައީސުލްޖުމްހޫރިއްޔާއަށް ބައެއް ބާރުތައް ލިބިދޭ ބަދަލުތައް ހިމެނެއެވެ.

މި ބިލަށް ބަހުސް ކުރައްވަމުން މައުރޫފު ވިދާޅުވީ ބަނޑާރަ ނައިބުގެ ބިލަކީ، މަޖިލީހުގެ މިދިޔަ ދައުރުގެ ތެރޭގައި ސަރުކާރުން ހުށަހަޅައި ފާސްކޮށް ތަސްދީގު ކުރެއްވި ބިލެއް ކަމަށެވެ.

މައުރޫފް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައުމަށް ފޮނުވުމުން، މިއީ އެ ބިލުގައި ހުރި މާއްދާއެއްގައި ހުރި މައްސަލައަކާއި ގުޅިގެން، އެކަން އިސްލާހު ކުރުންކަމަށް ހީކުރެވުނު ކަމަށެވެ.

މައުރޫފު ވިދާޅުވީ، ބަނޑާރަ ނައިބު އޮފީހުގެ ބިލަށް ހުށަހެޅި އިސްލާހަށް ބަލާލިއިރުގައި، ވަރަށް ގިނަ މާއްދާތަކަށް އެކުލެވޭނެހެން، ގާނޫނުގެ ވަރަށް ބޮޑު ބައެއް އިސްލާހުކުރަން ފޮނުވާފައިވާކަމަށެވެ.

އަޅުގަނޑުމެން އަބަދުވެސް ދައްކަމުން މިއާއި މިވާހަކަ، އިއްޒަތްތެރި ރައީސް.. ، ޓޫރިޒަމް ގާނޫނު މި މަޖިލީހުގައި ހަތަރު، ފަސް ފަހަރުވެސް އިސްލާހުކުރަންޖެހިއްޖެ، ލާމަރުކަޒީ ގާނޫނު ހަތަރު ފަސް ފަހަރު.. ތިން ހަތަރު ފަހަރު އިސްލާހު ކުރަންޖެހިއްޖެ ހަމަ މި ދައުރުގަ، މުޅި ޖުމްލަ އެކީ އެހާވަރު.. ބަނޑާރަ ނައިބު އޮފީހުގެ ބިލް އިއްޔެގަ ފާސްކޮށްފަ، މިއަދު އަނެއްކާ އިސްލާހު ކުރަންޖެހުނީމާ، ކޮންމެވެސް މައްސަލައެއް އެބަ އުޅޭ އިޒަތްތެރި ރައީސް..

މައުރޫފް ވަނީ ލާމަރުކަޒީ ގާނޫނަށް އެކި އިސްލާހުތައް ގެނައިކަމުގެ ވާހަކަ ސަރުކާރުން ދައްކާއިރު، މި ސަރުކާރުން އެކަނި ވެސް އަހަރެއްގެ ތެރޭގައި ގާނޫނަށް ހަތަރު އިސްލާހެއް ގެނެސްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ޓޫރިޒަަމްގެ ގާނޫނަށް ވެސް އެ އަދަދަށް އިސްލާހު ގެނެވިފައިވާކަން ފާހަގަކުރި އެވެ. މައުރޫފް ވިދާޅުވީ މި ސަރުކާރުން ގެންނަ ގާނޫނާއި ފާސްކުރާ ބިލުތަކަށް މަހެއް ނުވަނީސް އިސްލާހުތައް ހުށަހަޅަން ފެށުމުން ސަރުކާރުގެ މައްސަލަތަކެއް ހުރިކަން ސާފުވާކަމަށެވެ.

މައުރޫފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރާނެ މަސައްކަތެއް ނެތިގެން، މެމްބަރުން ހުށަހަޅާ ގަރާރެއް އަދި ކުރިއަށް ގެންދާނެ  ބަހުސްއެއް ނެތުމުގެ ސަބަބުން މެމްބަރުން އެވަހާކަ ދައްކާތާ އެތައް ދުވަހެއްވެފައިވާކަމަށެވެ. އަދި މަޖިލީހަށް ފޮނުވާ ބިލު ފާސްކުރުމަށްފަހު، އަދި ތަސްދީގުކުރުމަށްފަހު، ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް އަނބުރާ ފޮނުވަނީ މަޖިލީހަށް ކަމަށް މައުރޫފު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: