ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެށި ރައްކާތެރިކުުރުމަށް ބީއެމްއެލްއިން ”އިވެންސީ ޕޮސް“ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފި!

ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކު އޮފް މޯލްޑިވްސް(ބީއެމްއެލްއިން) މުޅި ދިވެހިރާއްޖެއަށް އަލަށް ”އީވެންސީ ޕޮސް“ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފިއެވެ.

މި ޕްރޮގުރާމަކީ، ބީއެމްއެލް ކާޑު މެޝިން ބޭނުންކޮށްގެން، އާންމުން ކުރާ ކޮންމެ ވިޔަފަރީގެ މުއާމަލާތަކަށް ބޭންކުން ވަކި އިންސައްތައެއް ކަނޑައަޅައި، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތްތަކަށް ހެދާކުރުމުގެ މަގްސަދުގައި ހިންގާ ޕްރޮގުރާމެކެވެ.

މި ޕްގުރާމަކީ، ކާޑު މެޝިން މެދުވެރިކޮށް، ވިޔަފާރިއާއި ގުޅިފައިވާ ޕްރޮގުރާމަކަށްވާއިރު، މި ޕްރޮގުރާމަށް ކަސްޓަމަރުން އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެއެވެ.

މިކަމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، ބީއެމްއެލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އީވެންސީ ޕީއޯއެސް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުން ކަނޑައަޅާ އަދަދު ކޮންމެ އަހަރަކު 5.5 މިލިއަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އަދި މި މުއާމަލާތްތަކުގެ އަދަދު އިތުރުވަމުންދިޔުމާއިއެކު، ކަސްޓަމަރެއްވެސް އަދި ވިޔަފާރިތަކުގެވެސް އެއްވެސް އިތުރު ހަރަދަކާއި ނުލައި، މި ޕްރޮގުރާމަށް ހިއްސާވެވޭ އަދަދުވެސް އިތުރުންވަމުން ދާނެކަމަށެވެ.

އެންވީ ޕޮސް ޕްރޮގްރާމުގެ ފެށުމަށް ހަމަޖެހިފައިވަނީ 1 ޖުލައި 2025ގައެވެ. އެ ދުވަހުން ފެށިގެން، ކާޑުން ކުރާ ކޮންމެ ވިޔަފާރީގެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން، ރާއްޖޭގެ ތިމާވެއްޓަށައި ކަނޑުފަޅުތަކުގެ ދިރުންތައް އަންނަން އޮތް ޖީލަތަކަށް ފޯރުކޮށްދިނުމަށްޓަކައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ، އެހީގެ އަތެއް ދިއްކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، މި ޕްރޮގުރާމުގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، އިތުބާރު އަދި ތަޖުރިބާ ހުރި ޖަމިއްޔާތަކާއި ގުޅިގެން، ތިމާވެށި ރައްކާތެރިކުރުމަށް ހިންގާ މަޝްރޫއުތަކަށެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި ރީސައިކަލްކުރުމާއި، ފެހިކަން ގެނުވައިދޭ ގަސްއިންދުމުގެ ޕްރޮޖެކްޓުތަކާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތް ހިމެނެއެވެ

ބީއެމްއެލްއަކީ ރާއްޖޭގެ ބޭންކިންގ ސެކްޓަރގައި ހުރި އެންމެ ބޮޑު އެއް ބޭންކެވެ. އެގޮތުން، ބީއެމްއެލްއިން ދަނީ އެންވީ ޕޮސް ފަދަ ކޯޕަރެޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގުރާމުތައް ހިންގަމުންނެވެ. އޭގެ ތެރޭގައި، ތައުލީމާއި، ކުޅިވަރުގެ އިތުރުން ތިމާވެށި ރައްކާތެރިކަމުގެ ޕްރޮގުރާމުތައްވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: