ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުންނަތް ނަމާދުކުރުމަށް ލިބޭ ވަގުތު ކުޑަވެ، އާންމުންގެ ޝަކުވާ ލިބޭތީ މިނިސްޓްރީން ވަގުތު އިތުރުކޮށްފި

މާލޭގައި ހުންނަ އިސްލާމީ މަރުކަޒު/ފޮޓޯ: އެމްއެމްޕީއަރްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުންނަތް ނަމާދުކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުން ޝަވުވާ ލިބެމުން ދާތ، ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީން މައުލޫމާތު ދެމުން ބުނެފައި ވަނީ، މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިން، ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް ނިންމާފައި ކަމަށެވެ. އެގޮތުން، މި ނިންމުން ހުރިހާ ރަށު ކައުންސިލުތަކަށް ވަނީ އަނގައިފައިކަމަށާއި މި ނިންމުމުގެ މަތިން ކަނޑައަޅައިފައިވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ކަމަށް މިނިސްޓްރީން ބުނިއެވެ.

ބަންގިއާއި ގަމަތާއި ދެމެދު މިނިސްޓްރީން ކަނޑައެޅި ވަގުތުތަކަށް ބަލާއިރު، ފަތިސް ނަމާގުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި އަސުރު ނަމާދުގައި 12 މިނެޓު، މަޣްރިބު ނަމާދުގައި 8 މިނެޓު އަދި އިޝާނަމަދުގައި 10 މިނެޓުއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: