ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އޮޕަރޭޝަން ހަމަމަގު“ ގެ ތެރެއިން 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކުރިއަށް ގެންދިޔަ ޚާއްޞަ ރެއިޑް ”އޮޕަރޭޝަން ހަމަމަގު“ ގެ ތެރެއިން 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އައްޑޫ ސިޓީގައި އިމިގްރޭޝަނުން ކުރިއަށް ގެންދާ ”އޮޕަރޭޝަން ހަމަމަގު“ އާއި ގުޅޭގޮތުން ފަސީހް ވިދާޅުވީ މި އޮޕަރޭޝަން ހިންގުމަށް އައްޑޫ ހިޔާރުކުރެއްވީ މާލެ ފިޔަވާ އެންމެ ބޮޑު ސިޓީ އަކީ އައްޑޫ ކަމަށް ވާތީ އެވެ. އަދި ގަވައދާ ހިލާފަށް އުޅޭ ބިދޭސީން އައްޑޫގައި ގިނަ ކަމުގެ މައުލޫމާތު އިމިގްރޭޝަނަށް ލިބިފައިވާ ތީ ކަމަށް ވެސް ފަސީހް ވިދާޅުވިއެވެ.

ފަސީހް ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށެވެ. އެގޮތުން ފުލުހުންނާއި އައްޑޫ ކައުންސިލްގެ އެޙީތެރިކަން މިސައްކަތް ކުރުމުގައި ލިބިގެން ގޮސްފައިވާ ކަމަށް ފަސީހް ވިދާޅުވިއެވެ.

މީގެިއތުރަށް އިމިގްރޭޝަންގެ އޮފިސަރަކު ވިދާޅުވީ އެންމެ ބޮޑު މަގްސަދަކީ އައްޑޫގައި ދިރިއުޅެމުންދާ ބިދޭސީން ޗެކު ކުރުމާއިއެކު އޭގެތެރެއިން ކޮންމެހެން ނަގަންޖެހޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެނައުމަށްފަހު އެމީހުންގެ ގައުމަށް ފޮނުވާލުން ކަމަށެވެ. އޭނާ ވިދާޅުވީ ސައްހަ ވިސާ އާއި އަދި ވޯކް ޕާމިޓްވެސް އޮތް ބިދޭސީންވެސް ފާހަގަވެފައިވާ ކަމަށާއި އެހެންނަމަވެސް އެމީހުން މަސައްކަތް ކުރަމުން އަންނަނީ އެމީހުން މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަންނޫން އެހެންތަނެއްގައި ކަމަށެވެ.

ވޯކް ވިސާ ފިޔަވާ އެހެނިހެން ވިސާ ތަކުގައި ތިބޭ މީހުންވެސް ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ތަނުގައި މިނޫން އެހެން ބޮޑެތި ސިޓީ ތަކާއި އާބާދީތަކަށްވެސް ދާނެ ކަމަށް ފަސީހް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: