ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް ފްލެޓު މައްސަަލަ: މާލިއްޔަތު ކޮމިޓީން މައްސަލައިގެ ތެރެއަށް ވަދެ ހައްލު ހޯދަނީ!

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ތަރައްގީ ކުރަމުން ދިޔަ ”ކޭ – ޕާކް“ ރެސިޑެންސް ގެ އެޕާޓްމަންޓްތަކަށް އެންމެ ފުރަތަމަ ފައިސާ ދެއްކި ފަރާތްތަކަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވިސްނުމާއި ގުޅޭ މައުލޫމާތުތައް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހުށަހަޅުއްވައިފި އެވެ.

މި މައްސަލަ އެންމެ ފުރަތަމަ އުފެދިގެން އައީ ހަންބޯ ކުންފުނިން ކޭ ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި އެކު އެވެ. މި މައްސަލައިގައި ޓެކުމުގެ ދައުވާއާއި، އޮޅުވާލުމުގެ ދައުވާއާއި މަނީ ލޯންޑްރިންއާއި ސައްހަ ނޫން ލިއުމެއް ދިނުމުގެ ދައުވާ ހިމެނޭހެން 100 އަށް ވުރެ ގިނަ ދައުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ވަނީ އުފުލާފަ އެވެ. އަދި މައްސަލައިގެ ޝަރީއަތް ކުރިޔަށް ދާއިރު، އޭނާ ހުރީ ބަންދުގަ އެވެ.

މަކާރައި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކާ އެމީހުންގެ އަތުން މަންޑޭ މިލިއަނުން ފައިސާ ނެގިކަމުގެ ތުހުމަތު ކުރެވެ އެވެ. އަދި ފްލެޓްތައް ވިއްކުމުގައި ޖިންގެ ސޮއި ފޯޖްކޮށްފައިވާ ލިއުންތަކެއް ހަދައި ވިއްކި ފްލެޓްތަކުގެ އެއްވަސްވުންތަކުގައި މަންޑޭ އާއި އޭނާގެ ޕާޓްނަރު ޖައިސަން ސައީދު ސޮއިކޮށްފައިވާ ކަމަށެވެ. މި މައްސަލައި ޖިނާއީ ދައުވާތައް ކުރިޔަށް ދާއިރު، ފައިސާ ދެއްކި ފަރާތްތަކަށް ފްލެޓު ލިބޭނެކަން ނުވަތަ ނޫންކަން ޔަގީން ނުވާތީ އެ ޝަކުވާ ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، އެޗްޑީސީއަށް ކޮމިޓީއަށް ހާޒިރުވުމަށް އެދި ފޮނުވާފައިވާ ސިޓީގެ މުއްދަތު ހަމަވެފައިވާކަމަށެވެ. އަދި އެ ކުންފުނީގެ އޮފިޝަލުން ބައްދަލުވުމަށް ވަޑައިގަންނަވާއިރު އެހެން ބައެއް މައްސަލަތަކުގެ މައުލޫމާތާއި އެކު ވަޑައިގެންނެވުމަށް ހުށަހެޅުއްވި އިރު އޭގެ ތެރޭގައި ހިމެނެނީ ކޭޕާކު މައްސަލަ އެވެ.

ނާޒިމް ވިދާޅުވީ ކޭޕާކް މައްސަލައިގެ އެއްވެސް ހައްލަކާއި ހަމައަށް ދެވޭ ތަނެއް ނުފެންނާތީ، އެކަމުގެ ކަންބޮޑުވުން ދުވަހުން ދުވަހަށް އިތުރުވަމުންދާކަމަށެވެ. އަދި ކޭޕާކް އެޕާޓްމަންޓު ގަތް ފަރާތްތަކަށް ސަރުކާރުން ވަކި އިންތިޒާމުތަކެއް ހަމަޖައްސައި، ވާހަކަ ދައްކަން ޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ.

ކޭޕާކް މައްސަލައިގެ ޖިނާއީ ދައުވާތަކެއް އުފުލައި ކުރިޔަށް ދިޔަ ނަމަވެސް، ބެލެނިވެރިއެއްގެ ގޮތުން އޮތް އެޗްޑީސީން އެޕާޓްމަންޓު ގަނެ ފައިސާ ދައްކާފައިވާ ފަރާތްތަކަށް މަގެއް ހޯދައިދޭން ޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ. އެޗްޑީސީން ގާޑަންސްގެ މައްސަލަ ހައްލުކޮށްފައި ވާތީ އެކަން މިސާލެއްގެ ގޮތުގައި ނަންގަވައި ނާޒިމް ވިދާޅުވީ ކޯޓަށް ވެސް އެއްބަސްވުން ބާތިލުކުރުމަށް ހުށަހަޅައިގެންނާއި އެކު ހައްގުވެރިންނަށް ތަން 45 ދުވަހުގެ ތެރޭގައި ހަމަޖެހޭނެކަމަށް މިހާރު އަންގާފައިވާކަމަށެވެ.

މިހާރު އޭގެތެރޭގައި ފެނި ކޭޕާކު މައްސަލަ އިނގޭތޯ ކޭޕާކު މައްސަލައިގައި މިހާރު އަދި ހަމަ އެއްވެސް ހައްލަކާ ދިމާއަށް ދާތަން ގަނޑުމެނަށް ނު ފެނޭ.. އެއީ އެ ތަނުން އެ ޕާޓްމަންތައްއަތް މީހުންނަށް ކޮންމެވެސް ގޮތެއް އެބަ ޖެހޭ ނިމެން ދެއްތޯ.. އެއްވެސް ކޮޅެއްގައި ނުޖެހި މިއޮތީ.. ޖިނާއީ ޖިނާއިބާއި އެބަ ހިނގާ ދެއްތޯ އެދެން އަޅުގަޑުމެންނާ ބެހޭ ކަމެއް ނޫންތަ.. އެކަމަކު އެޗްޑީސީގެ ފަރާތުން ބެލެނިވެރީގެ ހައިސިއްޔަތުން އެ ތަނުން އެ ޕާޓީންތައް ގާތް މީހުންނަށް ކޮންމެވެސް އަލި މަގެއް ދައްކަން އެބަ ޖެހޭ…

ނާޒިމް ވިދާޅުވީ އޭނަ ގަބޫލު ކުރާ ގޮތުގައި ހަންބޯ ކުންފުންޏަށް ފްލެޓު ގަތުމަށް އެންމެ ފުރަތަމަ ފައިސާ ދެއްކި ފަރާތްތަކަށް ވެސް އިންތިޒާމުތަކެއް ހަމަޖެއްސިދާނެ ކަމަށެވެ. އަދި އެ މީހުންނަށް ފްލެޓު ލިބޭނެކަން ނުވަތަ ނޫންކަން އެނގުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބެއްކަމަށް ނާޒިމް ވިދާޅުވީ އެއް އެޕާޓްމަންޓެއް ގިނަ ބަޔަކަށް ވިއްކައި، ފައިސާ ނެގުން ފެށިގެން އައީ އޭގެ ފަހުންކަމަށް ވާތީ އެވެ. އެހެންވެ ނާޒިމް ހުށަހެޅީ އެންމެ ފުރަތަމަ ފްލެޓަށް ފައިސާ ދެއްކި ފަރާތްތަކަށް އެޗްޑީސީން ހައްލެއް ގެނެސްދިނުމަށެވެ.

މި މައްސަލަ އެޗްޑީސީއަށް އެގޮތަށް ހައްލު ކުރެވެން ނެތް ނަމަ ނާޒިމް ދެން ހުށަހެޅުއްވީ މައްސަލަ ކޯޓަށް ގެންގޮސް، ކޯޓު މެދުވެރިކޮށް ގޮތެއް ހޯދައި ފުރަތަމަ ފައިސާ ދެއްކި ފަރާތްތަކަކީ ފްލެޓުގެ ހަގުވެރިންކަމަށް ކަނޑައަޅައި އެތަން ހޯދައިދިނުމަށެވެ.

އެހެންވީމާ ކޮންމެވެސް ގޮތެއް އެބަ ޖެހޭ ނިމެނޭ މިހާރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެޓްލީސްޓް އެންމެ ފުރަތަމަ އެ ހަންބޯ ކުންފުންޏަށް ފައިސާ ދެއްކި މީހުންނަށް އެ މީހުންނަށް އެޕާޓްމަންޓަށް ލިބޭނެކަން ނުވަތަ ނޫންކަން..  އެޓްލީސް އެވަރު ވެސް އެބަ ޖެހޭ އެނގެން.. އެހެން ނޫންތޯ.. އެންމެ ފުރަތަމަ ދެއްކި މީހުންނަށް.. ފަހުން ތާ އުޅެނީ ތިންބައި މީހުންނަ ހަތަރު ބައި މީހުންނަށް އެތަން ވިއްކައިގެން.. އެހެންވީމާ އެޓްލީސްޓް އެންމެ ފުރަތަމަ ވިއްކި މީހުންނަށް ކޮންމެވެސް ގޮތެއް އެޗްޑީސީން ހަމަޖައްސައިދޭންވީ ނޫންތޯ… އެޗްޑީސީ އަމިއްލަ ޒާތުގައި އެކަން ނުނިންމޭނެ ކަމަށް ވަންޏާ ކޯޓަށް ގޮސްގެން ކޯޓު މެދުވެރިކޮށް ގޮތެއް ނިންމައިގެން ނަމަވެސް މި އެބަ ޖެހޭ އެ ތަނަށް ފައިސާ ދައްކާ ހައްގުވެރިންނަށް އެތަން ހޯދައިދޭން..

ނާޒިމް ވިދާޅުވީ އެޗްޑީސީ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވާއިރު، ކޭޕާކް މައްސަލައިގައި ގެންގުޅޭ ވިސްނުމާއި ގުޅޭ މައުލޫމާތު ދިނުމަށް ހުށަހަޅާ ކަމަށެވެ. މަޖިލީހުގެ މެމްބަރުން ވެސް އެ މައްސަލައިގައި ވަކިވަކި ސުވާލު ކުރުމަށް ބޭނުންވާނެތީ، އެކަމަށް ވެސް ތައްޔާރުވެ މައުލޫމާތު ދިނުމަށް ނާޒިމް ވިދާޅުވި އެވެ.

މި މައްސަލައިގައި ކުރިޔަށް ގެންދިޔަ ބައްދަލުވުން މިއަދު ކޮންމެވެސް ވަރަކަށް ހޫނުވެގެން ވެސް ދިޔަ އެވެ. އެއީ ކުރީ ސަރުކާރުން އަމަލު ކުރި ގޮތާއި، އެކި ގޮތްގޮތުން އިދިކޮޅާއި ޕީއެންސީގެ މެމްބަރުންގެ މެދުގައި ދެކެވެނުނު ވާހަކައިގެ ތެރެއިންނެވެ. އެހެން ނަމަވެސް ހުރިހާ މެމްބަރުން ވެސް ވަނީ ނާޒިމްގެ ހުށަހެޅުމަށް އިއްތިފާގުވެ، އެއަށް ތާއީދު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: