ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4،000 ފްލެޓު ހަވާލުކުރުން ލަސްވާ ކަމަށް ބުނެ ހުށައެޅި ކުއްލި މައްސަލަ ބަލައެއް ނުގަތް

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ހަވާލުކުރުން ލަސްވާ ކަމަށް ބުނެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މައްސަލަ ހުށަހެއްވީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މައްސަލައިގައި ބުނެފައިވަނީ މިކަމުގައި މިދިޔަ ސަރުކާރުން އެއްވެސް ގޯހެއް ހަދާފައި ނެތްކަން މިހާރުގެ ސަރުކާރުން ވެސް ގަބޫލުކުރާކަމަށެވެ. ފްލެޓު ހަވާލުކުރުން އިތުރަށް ލަސްކުރާ ނަމަ، އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ނިކަމެތިވެ، ނަތީޖާއެއްގެ ގޮތުން އިޖުތިމާއީ މައްސަލަތައް އިތުރުވުމުގެ ނުރައްކާ އޮތްކަމަށް ވެސް އެ މައްސަލައިގައިވެއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކުއްލި މައްސަލައިގައި ބަޔާންކުރާ ކަމަކީ ކުއްލިއަކަށް ދިމާވި ކަމަކަށް ވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކަމަށެވެ. ވި ޝަރުތު ހަމަނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިގަނެވެން ނެތްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ކުރިއަށްގެންދާ 4000 ފްލެޓުގެ މަޝްރޫއު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިއުލާނުކޮށްފައި ވަނީ ކުރީ ސަރުކާރުންނެވެ. އަދި މަޝްރޫއުގެ ދަށުުން ފްލެޓު ލިބޭ މީހުންކަމަށް ބުނެ ލިސްޓެއް އިއުލާނު ކުރީ ޓްރާންސިޝަންގެ މުއްދަތުގެ ތެރޭގަ އެވެ. އަދި މި ސަރުކާރުން ވަނީ ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް، ހައްގުވެރިންނަށް ފްލެޓު ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މަސައްކަތްތައް ނުހުއްޓި ކުރިޔަށް ދާއިރު، ސަރުކާރުން މީގެ ކުރިން ވެސް އަންދާޒާ ކުރީ އަހަރުގެ މެދެއްހާ ހިސާބުގައި މަޝްރޫއުގެ އެކި ބައިތައް ނިންމާލެވޭނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ޓަވަރެއް ދަނީ އިމާރާތް ކުރަމުންނެވެ. އަދި ފްލެޓުތައް ނިންމުމަށް އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު މީގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރިއަށްގެން ދަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) ކުންފުނިންނެވެ.

”އަމާން އުދަރެސް“ ނަންދީ އެ ފްލެޓުތައް ކުރިޔަށް ގެންދާއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން (އެންބީސީސީ) އަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ފްލެޓުގެ މަސައްކަތްތައް ކުރިޔަށް ގެންދާ ސަރަހައްދަށް ވަޑައިގެން، މަޝްރޫއު މިހާރު ގޮސްފައިވާ ހިސާބުގެ ކަންކަން ގާތުން ބައްލަވާލައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ފްލެޓުތަކުގެ މަސައްކަތް ނިމޭ ވަރަކުން، ޝަރުތު ހަމަވެ ފްލެޓު ލިބޭ ފަރާތްތަކާއި ތަން ހަވާލު ކުރުމަށް ނިންމަވާފައި ވާތީ އެ އަމާޒަށް މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: