ސިއްހީ ދާއިރާގައި ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުން ބިދޭސީންނަށް ހާއްސަކޮށްގެން، ”ނޭޝަނަލް މައިގްރެންޓު ހެލްތު ޕޮލިސީ“ މިނިސްޓްރީ އޮފް ހެލްތުއިން ތައާރަފުކޮށްފިއެވެ
މި ޕޮލިސީއަކީ، ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރަމުންދާ ބިދޭސީންނަށް ސިއްހީ ހިދުމަތްތައް ލިބިގަތުމުގައި ހަމަހަމަކަން އިތުރުކުރުމުގެ ގޮތުން ވުޖޫދަށް ގެނައި ޕޮލިސީއެކެވެ. އަދި މި ޕޮލިސީގެ ދަށުން ބިދޭސީންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކުގެ ތެރެއިން ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ރައްކާތެރިކޮށް، ކަށަވަރުވެގެންދާނެއެވެ
މި ޕޮލިސީ ރަސްމީކޮށް އިފްތިތާހުކުރުމަށް ރަސްމިއްޔާތެއް ބޭއްވިއިރު މިނިސްޓްރީ އޮފް ހެލްތު އަބްދުﷲ ނާޒިމް ވަނީ މި ޕޮލިސީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައެވެ
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ސިއްހީ ނިޒާމަކީ، އެންމެންނަށް ލިބޭ ހިދުމަތަކަށް ހެދުމަކީ، އަމާޒެއް ނޫންކަމަށާއި، އެއީ އެ މިނިސްޓްރީގެ ޒިންމާއެއްކަމަށެވ

