ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގަތުމުގެ ޝަރަފުގައި ސްޓޭޓް ބޭންކުއެއްޓްއެއް ބާއްވައިފި

ސްޓޭޓް ބޭންކުއެޓުގެ ތެރެއިން ރައީސް ހިތާބު ދެއްވާ މަންޒަރު/ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން  ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ވަޑައިގަތުމުގެ ޝަރަފުގައި، ސްޓޭޓް ބެންކުއެއްޓްއެއް ބާއްވައިފިއެވެ.

މި ބެންކުއެޓު އިންތިޒާމުކޮށްދެއްވީ، ސިންގަޕޯގެ ރައީސް، ތަރްމާން ޝަންމުގަރަޓަމްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ޖޭން އިއްޓޮގީއެވެ.

މި ބެންކުއެޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އަމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިއިރު، ދެގައުމުގެ ކެބިނެޓް މިނިސްޓްރުންނާއި އިސް އޮފިޝަލުން މި ބެންކުއެޓުގައި ބައިވެރިވެލެއްވިއެވެ.

މި ބެންކުއެޓުގައި ރައީސް ދެއްވި ހިތާބުގައި، އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ސިންގަޕޫރުގެ ސަރުކާރާއި އެ ގައުމުރެ ރައްޔިތުން ދެއްވާ މެހެމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ސިންގަޕޫރަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅަކީ، ރާއްޖެއާއި ސިންގަޕޫރުގެ ދެމެދުގައި އޮތް ޒަމާންންވީ ގުޅުމުގެ ރަންޔުއްބީލްގެ ހަނދާނުގައި ކުރެވޭ ދަތުރުފުޅެއްކަމަށެވެ.

ރާއްޖެއާއި ސިންގަޕޫރުގެ ދެމެދުގައި ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ގާއިމުކުރުމުގެ ކުރިންވެސް ވަރަށް ގާތް ގުޅުމެއް އޮތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ގުޅުން ބިނާވެފައިވަނީ، ދިގު މުއްދަތަކަށް ދެގައުމުގެ ދެމެދުގައި ވިޔަފާރިކުރެވި، މީހުން-މީހުންގެ ދެމެދުގައި އޮތް ގުޅުމާއި، ދެ ގައުމަކީ މިނިވަން އަދި އެއް އަމާޒެއްގެ މަތީގައި މަސައްކަތްކުރާ ގައުމަކަށް ވާތީކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ، ސިންގަޕޫރުއިން ރާއްޖެއަށް ތާއަބަދު ރާއްޖެއަށް ކުރިމަތިވާ ކާރިސާތަކުގައި ސަރުކާރަށް ދޭ ދީލާތި އެހީއާއި ޓެކްނިކަލް ކެޕޭސިޓި ބިލްޑިންގައި ދޭ އެހީތައް ފާހަގަކުރައްވައިފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމާލަމުން، ދެގައުމުގެ ދެމެދުގައި އޮތް ބިލެޓަރަލް އެންގޭޖްމަންޓަކީ، މުސްތަގުބަލުގައި އިތުރަށް ތަރައްގީކުރެވޭނެކަމުގެ ޔަގީންކަންއޮތްކަން ފާހަގަކުރައްވައިފއެވެ.

ސިންގަޕޫރުގެ ރައީސްގެ ދައުވަތުފުޅަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވުނުއިރު، އެ މަސައްކަތްތުގެ ތެރޭގައި، ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށްޓަކައި 3 މުހިންމު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފިއެވެ. މި ފަހުމުނާމާތަކުގައި ސޮއިކުރެވުނީ، ގާބިލުކަން ބިނާކުރުުގެ ދާއިރާއިން އެއްބާރުލުންދިނުމާއި، ފަތުރުވެރިކަމާއި ތިމާވެށީެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން މަތީ ތައުލީމާއި ތައުލީމީ ސިޔާސަތާއި ފަންނީ އަދި ވޮކޭޝަނަލް ތައުލީމުގެ އިތުރުން ދިރާސާގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: