ގިނަފަހަރަށް ސަރުކާރުތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ސިޔާސީ ބޭނުމަކަށްތަކައި ކިތަންމެ ރަނގަޅު ކަމެއްވެސް ނުކޮށް ދޫކޮށްލަނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރުދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އައިފާން ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭ މައްސަލައާއި އަދި ހާއްސަކޮށް ފުލެޓުގެ ކުލި ނުދައްކާ މައްސަލަ މާއލިޔަތު ކޮމިޓީން ބަލާކަމަށެވެ. އައިފާން ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހަރުދަނާ ގޮތް ތަކެއް ހޯދަން ޖެހޭ ކަމަށެވެ.
އައިފާން ވިދާޅުވީ ގިނަފަހަރަށް ސަރުކާރުތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ސިޔާސީ ބޭނުމަކަށްތަކައި ކިތަންމެ ރަނގަޅު ކަމެއްވެސް ނުކޮށް ދޫކޮށްލަނީ ކަމަށެވެ. އައިފާން ވިދާޅުވީ ގޯސްކަންކަންވެސް ނުފެންނަ ކަންކަމަށް ހަދައިގެން ސަރުކާރު ތަކުން އެބަހުރި ކަމަށެވެ.
“ ދިވެހި ޜާއްޖޭގެ ރައްޔިތުންގެ ފައިސާ އަޅުގަނޑު ނުދެއްކި ކަމުގައި ވިޔަސް ނޫނީ އެހެން މީހެއް ނުދެއްކި ކަމަށް ވިޔަސް އެ ފައިސާ ހޯދަން އެބަ ޖެހެއޭ ސަރުކާރުން. މީގަ އޮންނާނެ ފޮލޯ ކުރަންޖެހޭ ޕްރޮސީޖަރއެއް. މިސާލަކަށް ފުލެޓެއް ނޫނީ ގޯއްޗެއް ނޫނީ ތަނެއް ކުައްޔަށް ނަގައިގެން ނޫނީ ތަނެއް ލިބިގެން އުޅޭ މީހަކު ވެއްޖިއްޔާ އޭނާވެސް އަމަލުކުރަން ޖެހޭ ދެފަރާތް އެއްބަސްވާ އެއްބަސްވުމެއް އޮވޭ. އެ އެއްބަސްވުމަށް އެބްޖެހޭ ދެފަރާތުންވެސް އެއްބަސްވާން“
އައިފާން ވިދާޅުވީ ދައުލަތުން ތަނެއް ލިބުނުކަމުގައި ވިޔަސް އެ ތަނެއް ނަގާ ފަރާތްވެސް ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އަދި މިއަށްވުރެ ޒިންމާ ދާރު ކުރެވޭ ގޮތަކަށް ސިސްޓަމްވެސް ތަރުތީބު ވާން ޖެހޭ ކަމަށެވެ. އައިފާން ވިދާޅުވީ ރައްޔިތުންގެ ތެރޭގައި އެހާ ގޮސް ބަޔަކު ތިބޭނެ ކަމަށް ގަބޫލުކުރަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ހާލަތު ދިމާކުރާގޮތުން އަދި ދަތިތަކާއި ހެދި އެކަން ނުކުރެވޭ ހާލަތު އަންނަ ކަމަށް އައިފާން ވިދާޅުވިއެވެ.
އައިފާން ވިދާޅުވީ މިކަމަށް ހައްލެއް ގެނައުމަށްޓަކައި ވަށައިގެންވާ ކަންކަމަށް ވިސްނުން މުހިންމު ކަމަށެވެ. އަދި ހަމައެއާއިއެކު އެފަދަ ކަންކަމަށް ބެލުމަށް ފަހު ވަށާޖެހޭ ދާއިމީ ހައްލެއް ކުލީގެ މައްސަލަ ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބުމުގައި އަންނާނެ ކަމަށެވެ.

