ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް ހުރި ޖީލުތަކަށް ފައިދާވާނެ ގޮތަށް ސިންގަޕޫރާއިއެކު ގުޅުން އިތުރަށް ބަދަހިކުރުން މުހިންމު: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް ހުރި ޖީލުތަކަށް ފައިދާވާނެ ގޮތަށް ރާއްޖެ އާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިންގަޕޫރަށް ރައީސްގެ ދެކަނބަލުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން އެގައުމުގެ ރައީސް ދެއްވި ރަސްމީ ފަރިއްކޮޅުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބޮޑެތި ވިޔަފާރިތަކުގެ މައި ހަބަކަށް ބަދަލުވެ، ސިންގަޕޫރުން ހޯދި ކުރިއެރުންތަކާއި އާ އީޖާދުތަކަކީ ނަމޫނާއެއްގެ ގޮތުގައި ރާއްޖެ އިން ބަލާ ކަމަށެވެ. އެހެންކަމުން ދެ ގައުމުގެ މުސްތަގްބަލަށް ފައިދާވާނެ ކަންކަމުގައި ގުޅިގެން ކުރިއަށް ދިއުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ އާއި ސިންގަޕޫރަކީ ކުޑަ ދެ ގައުމު ކަމަށް ވިޔަސް ދެ ގައުމަށް ލިބިފައި ހުރީ އަގުހުރި ވަސީލަތްތަކެއް ކަމަށެވެ. އެހެންވެ ދެ ގައުމަށް ފައިދާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ސިންގަޕޫރުގެ ވިޔަފާރިތަކާ އެކު ގުޅިގެން ދެ ގައުމަށް ފައިދާވާނެ ގޮތަށް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުމަކީ ވިޔަފާރި އާއި އެ ނޫން ވެސް ދާއިރާތަކުން ސިންގަޕޫރާއި ރާއްޖެއާ ދެމެދު ގުޅުން އެބައޮތް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އެގޮތުގައި އަދިވެސް ދެމި އޮތީ އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމާއި ހަމަޖެހުމަށް މަސައްކަތް ކުރުމުން ކަމަށް ވެސް ވިދާޅުވިއެވެ.

ސިންގަޕޫރާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ސްޓޭމްޕެއް ވެސް ވަނީ އެ ރަސްމިއްޔާތުގައި އިފުތިތާހުކޮށްފައެވެ. އެ ސްޓޭމްޕް އިފްތިތާހުކޮށް ދެއްވީ ރައީސް މުއިއްޒާއި ސިންގަޕޫރުގެ ރައީސްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: