ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން: އާދަމް ޝަރީފް

ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025
ޝެއާރކޮށްލާ ކަހަލަދޯ؟

މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުންކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވާ ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މި ތަޞައްވުރަށް ވާސިލުވުމަށްޓަކައި ދަރިވަރުންނަކީ އިސްލާމީ ޢަޤީދާ ވަރުގަދަ، އަމިއްލަވަންތަކަމާއި، ދިވެހި ޤައުމިއްޔަތު ދަމަހައްޓައި، ޤާބިލު އަދި އަމިއްލަ ނަފުސަށް އިތުބާރުކުރާ ފަރުދަކަށް ހަދަންޖެހޭ! އުނގެނުމާއި، ހޯދާބެލުމަށް ޝައުޤުވެރިވާ، ޢިލްމު އުފައްދާ ކާމިޔާބު ފަރުދަކަށް ހަދަންޖެހޭ! ތިމާގެ އަމިއްލަ ޢާއިލާއާއި، މުޖުތަމަޢުއާއި، ބަވަނަވަމުންދާ ދުނިޔޭގައި ހިއްސާ އަދާކުރާ، އުފެއްދުންތެރި، އަދި ޒިންމާދާރު ފަރުދަކަށް ހަދަންޖެހޭ!

މިނިސްޓަރ ވިދާޅުވިއެވެ.

މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަށް ވާޞިލުވުމުގެ ޒިންމާ އުފުއްލަވަން، އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ މުދައްރިސުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މުދައްރިސުންނަށްޓަކައި ޤައުމު ފަޚުރުވެރިވާކަމަށާއި، އަދި މުދައްރިސުންނަށް ޓަކައި ދަރާފައިވާ ދަރަނިވެސް އެހައިމެ ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ތިމާގެ ދެލޯނޭދި އެދޭ ދަރިފުޅު މުދައްރިސުންނާ ޙަވާލުކުރާ އިރު މުދައްރިސުންނާއި ބެލެނިވެރިންގެ މެދުގައި ވަރަށް ހަރުދަނާ ގުޅުމެއް އޮންނަންޖެހޭކަމަށެވެ. މުދައްރިސުންނަށް އިތުބާރާއި، އިޙުރިތާމް ކުރަންޖެހޭ ކަމަށެވެ. ޚާއްޞަކޮށް ދަރިވަރުންގެ ކުރިމަތީގައި ބެލެނިވެރިން، މުދައްރިސުންނަށް އިޙުތިރާމް ކުރާކަން ދަރިވަރުންނަށް އެނގެންޖެހޭ ކަމަށެވެ.

ރާއްޖޭގެ އިޖުތިމާޢީ ކަންކަން ބަދަލުވަމުންދާ ގޮތުން، އިޖުތިމާޢީ ފޭރާމަށް ކޮށްފައިވާ އަސަރުތަކުން، މުޖުތަމައުގައި މުދައްރިސުންނަށް އިޙުތިރާމުކުރުމުގެ ސަޤާފަތެއް އުފައްދަން މިއަދު މި ވަނީ މަސައްކަތް ކުރަންޖެހިފައި.

މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ދެއްކެވި ވާހަކައިގައި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރުމުން، އަމިއްލަ ނަފުސަށް އިތުބާރު ކުރަން ދަސްކޮށްދޭ ކަމަށާއި، ހިންގުމުގެ ދާއިރާއަށް ލޯ ހުޅުވައިދޭ ކަމަށާއި، މީހުންނާ ގުޅިގެން މަސައްކަތް ކުރަން ދަސްކޮށްދޭކަމަށާއި، މީހުން ގޮވައިގެން، މީހުން ލައްވާ މަސައްކަތްކުރުވަން ދަސްކޮށްދޭ ކަމަށާއި، މައްސަލަ ޙައްލުކުރަން ދަސްކޮށްދޭ ކަމަށާއި، ނަޒާހަތްތެރިވުމަށް ހިތްވަރު ލިބޭ ކަމަށާއި، ދަރިވަރުންގެ އިޙުތިރާމް ލިބޭ ކަމަށާއި، އެ ދަރިވަރުން، މާދަމާ ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިބޭތަން ފެނުމުން ކުރެވުނު މަސައްކަތުގެ ހިތްހަމަޖެހުން ލިބޭ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: