ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ފައިސާގެ އުސޫލުތަކަށް ގެންނަމުންދާ ބަދަލުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ބޭނުންވާ ވަރަށް ޑޮލަރު ހޯދުމުގެ ގޮތުން، ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތްކުރުމުގެ އުސޫލުތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް 29 މެންބަރުން ވޯޓުދެއްވިއިރު، ފެންނަކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

މި ކުއްލި މައްސަލަ ހުށައެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުއެވެ.

ކުއްލި މައްސަލައިގައި ވަނީ ސަރުކާރަށް ބޭނުންވާ ވަރަށް ޑޮލަރު ހޯދުމުގެ ގޮތުން، ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތްކުރުމުގެ އުސޫލުތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މީސް މީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫންކަމަށް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި ބޭންކުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކޮށް މި ސަރުކާރުން ގެނައި ބަދަލު މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް މި ކަންކަން އިންސާފުވެރިކަމާއި، އިހުލާސްތެރިކަމާއިއެކު ތަންފީޒުކޮށްފައިނުވާތީ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާކަމަށް ބުނެފައިވެއެވެ. ޑޮލަރު ލިބުން ދަތިވުމާއިއެކު، ވިޔަފާރިތައް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އެބައޮތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަކުރުމާއި، ނަގުދު ފައިސާ ނަގަން ކުރާ ޓްރާންސެކްޝަންތަކަށް 10 ޑޮލަރުގެ އޭޓީއެމް ޗާޖެއް ނެގުމާއި، ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 އިންސައްތަ ފީއެއް ނެގުމަށް ނިންމާފައިވާކަންވެސް މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ޑޯލަރު ލިބުން އިތުރަށް ދަތިވެގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.

މިކަމުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލޭނެކަމަށާއި، ޑޮލަރު ނުލިބުމުގެ ސަބަބުން ބައެއް މުދާ އިމްޕޯޓުކުރުން ވިޔަފާރިވެރިން ހުއްޓާލަން ޖެހިދާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި އެހެންވެ ރާއްޖެއިން ގިނަ ބާވަތްތަކުގެ އަސާސީ ތަކެތި ހުސްވެ، އަގު ބޮޑުވެދާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: