ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ފަނޑިޔާރުން ވަގަށް ނެގި ގޮތާ، ޕްރޮމޯޝަން ދިން ގޮތް ރައްޔިތުން ހަނދާނެއް ނުނެތޭ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ފަނޑިޔާރުން ވަގަށް ނެގި ގޮތާ، ޕްރޮމޯޝަން ދިން ގޮތް ރައްޔިތުން ހަދާނެއް ނުނެތޭކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ މި ސަރުކާރުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށައެޅީ، ފަނޑިޔާރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ކަމަށެވެ. އެމްޑީޕީގެ މެންބަރުން ބިލަށް ފާޑުކިއުން އަމާޒު ކުރަނީ ބިލުގައި ހުރި މާއްދާތައް ރަނގަޅަށް ނުވެސް ކިޔައިކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންކަމުން އެ މެމްބަރުން ވެސް މަޖިލީހަށް ހުށަހެޅޭ މިފަދަ އިސްލާހުތަކާއި ބިލުތައް ރަނގަޅަށް ދިރާސާ ކުރުމަށް ޝުޖާއު ގޮވާލެއްވި އެވެ.

އިސްލާހުތައް ރަނގަޅަށް ދިރާސާކޮށްފިނަމަ، މިއީ ކިހާ ރަނގަޅު މަގްސަދެއްގައި ހުށައަޅާފައިވާ ބިލެއްކަން އެނގޭނެކަމަށް ފާހަގަކޮށް ޝުޖާއު ވިދާޅުވީ، ބިލެއް ހުށައަޅާއިރު އޭގައި މައްސަލަތަކެއް ވެސް ހުރެދާނެކަމަށެވެ. އަދި އެކަންކަން ކޮމިޓީ މަރުހަލާގައި ބަދަލުކޮށް، މަޝްވަރާ ކުރެވޭކަމަށް ޝުޖާއު ވިދާޅުވި އެވެ. ކޮމިޓީއިން ބިލު ދިރާސާކޮށް ނިމޭއިރު އޭގައި ކޮމިޓީއިން ބޭނުންވާ ކަންކަމާއި، ރައްޔިތުންގެ އިތުރުން ހުދު ފަނޑިޔާރުން ބޭނުންވާ ކަންކަންވެސް ހިމަނާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެހެންވެގެން ގާނޫނުގައި އަޅުގަނޑުމެންގެ މަޖިލީސް ގަވާއިދުގައި އޮންނަނީ ކޮމިޓީތައް އުފެދިފަ. އެއީ ކޮމިޓީތަކަށް ގެންގޮސްގެން ގެންނަން ޖެހޭ އިސްލާހާއި، އަދި ރައްޔިތުންގެ ފަރާތުން ބޭނުންވާ އިސްލާހާ، އަދި ފަނޑިޔާރުގެތަކުގެ ފަނޑިޔާރުންވެސް ބޭނުންވާ އިސްލާހުތައް ލައިގެން، އަނބުރާ ފްލޯއަށް އައިސް ފާސްކުރަނީ.

މަޖިލީހުގެ ނިޒާމު ބައްޓަން ކޮށްފައި އޮންނަނީ އެންމެންގެ ބައިވެރިވުންވެސް ހިމެނޭނެހެންކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

އެމްޑީޕީއިން ފަނޑިޔާރުންނާއިމެދު އަމަލު ކުރި ގޮތަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ފަނޑިޔާރުން ވަގަށް ނަގާ ބިރު ދައްކާފައިވެސް ވާކަމަށެވެ. އަދި އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ފަނޑިޔާރުންނަށް ޕްރޮމޯޝަންތައް އައި ގޮތްވެސް ފެނިގެން ދިޔަކަމަށެވެ. އޭނާ ފާހަގަކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގައި ކަން ވެގެން ދިޔަ ގޮތެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ އިންސާފު ގާއިމްކޮށްދިނުމުގެ ނަމުގައި ނަމަވެސް އަމަލުތައް ހުރީ ދިމާ އިދިކޮޅަށްކަމަށެވެ. ވެރިކަން ލިބުމުން އެމްޑީޕީއިން އަބަދުވެސް އަމަލުތައް ބައްޓަން ކުރަނީ ބަދަލު ހިފުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޛާއު ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންނަށް ނުފޫޒު ނުފޯރުވާނެކަމަށާއި، ނަމަވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތްކަމަށްވާނަމަ ބަލަން ޖެހޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: