ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މަގުތަކުގައި ގަވާއިދާއި ހިލާފަށް ޕާކުކޮށްފައި ހުރި 422 އުޅަނދު ޓޯކޮށްފި

މާލެ މަޖީދީ މަގު/ފޮޓޯ: ޓީއެމްޖޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތަކުގައި ގަވާއިދާއި ހިލާފަށް ޕާކުކޮށްފައި ހުރި 422 އުޅަންދު ދިވެހި ފުލުހުންގެ ހިދުމަތުން ޓޯކޮށްފިއެވެ.

ފުލުހުން ބުނީ، މާލެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މަގުތައް ތަރުތީބުކުރުމަށް މަގުމަތީގައި ހުއްދަނެތި ޕާކުކުރާ އުޅަނދުފަހަރުގެ ވެރިފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތުގެ ތެރެއިން، މާލެ މަޖީދީ މަގު އަދި ބޮޑުތަކުރުފާނުގެ މަގުގައި ހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

އެގޮތުން، މާލޭގައި ގަވާއިދާއި ހިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތަކާއި މެދު ގާނޫނީ ފިޔަވަޅުއެޅުމުގެ ތެރެއިން ޓޯކުރެވުނު އުޅަންދުތަކުގެ ތަފާސްހިސާބުތައް ފުލުހުން އާންމުކޮށްފައިވާއިރު، މާލެ މަޖީދީ މަގުން ވަނީ 216 ސައިކަލު ޓޯކޮށްފައިވާއިރު 2 ކާރުވެސް ޓޮކުރެވުނުއެވެ. އަދި މަޖީދީމަގުން ޖުމްލަކޮށް ޓޯކުރެވުނު 219 އުޅަނދުތަކުގެ ތެރެއިން 1 އުޅަނދުވަނީ ތަކުރާރުކޮށް ގާނޫނާއި ހިލާފަށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައެވެ.

މީގެއިތުރުން، ފުލުހުން ވަނީ ބޮޑުތަކުރުފާނުގައި ގަވާއިދާއި ހިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތައް ޓޯކޮށްފައެވެ. އޭގެ ތެރޭގައި، 164 ސައިކަލާއި 38 ކާރު ހިމެނޭއިރު، 1 ކާރުވަނީ ގަވާއިދާއި ހިލާފަށް ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައެވެ.

މިގޮތަށް ޓޯކުރެވޭ އުޅަނދުތައް އަނބުރާ ދޫކުރެވޭނީ 48 ގަޑިއިރުގެ މުއްދަތެއް ފަހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެހެންކަމުން ފުލުހުންވަނީ އުޅަނދުފަހަރު ޕާކުކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކުގައި އެކަނި ޕާކުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މާލޭގައި ދުއްވާ އެއްޗެހި ގިނަވެ ޕާކުކުރުމުގެ ދަތިކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރެއެވެ. މިގޮތުން މަޖީދީމަގަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް މަގުކަމުގައިވާއިރު ޕެވަމަންޓުގެ ދެފަރާތުގައި ސައިކަލުތައް ޕާކްކޮށްފައި ހުރުމުގެ ސަބަބުން ޕޭވަމަންޓުގައި ހިނގާ މީހުނަށްވެސް މިކަމުގެ އުނދަގޫ އިންތިހާއަށް އޮވެއެވެ.

ރައްޔިތުންގެ އެންމެ ބޮޑުއެއް ޝަކުވާއަކަށް ވެފައިއޮންނަނީ ޕާކުކުރުމުގެ ދަތިކަމެވެ. ޙާއްޞަކޮށް މާލޭ ސަރަޙައްދުގައި ވެހިކަލްތަށް ޕާކުކުރުމުގެ ދަތިކަން އިންތިހާއަށް އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: