މާލޭގެ ގެއެއްގައި ހުރި ތިޖޫރީއެެއް ވަގަށް ނަގައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މައުލޫމާތު ދެމުން ބުނެފައިވަނީ، މާލެ، މައްޗަންގޯޅި ގެއެއްގައި ހުރި ތިޖޫރިއެއް ވަގަށްނަގާއފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮސްފައިވަނީ 2025 ޖޫން 31 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވުމާއިއެކު ކުރެވުނު ތަހުގީގުގެ ތެރެއިން ސީސީޓީވީ ޖުޓޭޖް އެނަލައިޒްކުރުމުން، އެ ތިޖޫރީ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ މިއަދު 11:05 ހާއިރު މާވެޔޮ މަގުން ހައްޔަރުކުރިކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ހައްޔަރުކޯށްފައިވަނީ، ރ. އަލިފުށި / ހަބީބީހެޕް، އިސްމާއީލް ސާއިފް (39އ) އެވެ.
އަދި އޭނާ ހައްޔަރުކުރުމަށް ފަހު ބަލާފާސްކުރުމުގެ ތެރެއިން، އެ ތިޖޫރީން އޭނާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތައް ފެނިފައިވާކަމަށް ފުލުހުން ބުނިއެވެ.
މީގެއިތުރުން، އެ ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން، އޭނާ ގަނެފައިވާކަމަށް ތުހުމަތުކުރެވޭ މޯބައިލް ފޯނެއްވެސް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވީނަމަވެސް، އެ ތިޖޫރީގައި ހުރީ އަދި ވައްކަން ކުރީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދާނީ ތަހުގީގުކުރަމުންނެވެ.

