ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިފަޅު ގޯތިތަކުގެ އާ ރަޖިސްޓްރީ ދޫކުރަން އެޕޮއިންޓްމަންޓަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއިއެކު ކުރިން ގޯތިތަކަށް ހަދައިދީފައިވާ ރެޖިސްޓްރީތައް ބާތިލްކޮށް އަލަށް ހަދާ ރެޖިސްޓްރީ ހޯދުމަށް އެޕޮއިންޓްމަންޓަށް ހުޅުވާލައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅު ލޭންޑްޔޫޒް ޕްލޭން ބަދަލުކޮށް ގިރާވަރު ފަޅުގެ ގޯތިތައް ގުޅިފަޅުން މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އެހެންވެ ކުރީގެ ރަޖިސްޓްރީތައް ބާތިލްކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅައަޅަން އަލުން ވަނީ ގުރުއަތު ނަގައިފައެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އާ ބަދަލާ އެއްގޮތަށް، ގޯތި ލިބިފައިވާ މީހުންނަށް ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ އާއި ”ބަންޑާރަ ގޯތީގެ އެއްބަސްވުން“ ދޫކުރާނީ ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ.

މިއަދުން ފެށިގެން ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުޅުވާލާފައިވާ ކަމަށާއި ކޮންމެ ދުވަހަކަށް ވެސް އެޕޮއިންޓްމަންޓް ދޫކުރާނީ ވަކި އަދަދަކަށް ކަމަށް އިއުލާނުގައިވެއެވެ. އަދި އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ގޯތީގެ ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެޕޮއިންޓްމަންޓަށް އެދޭއިރު ހުށަހަޅަން ޖެހޭ ތަކެތި:

  • ހެކިވެރިއެއްގެ އައިޑީ ކާޑު ކޮޕީ
  • ބަދަލުގައި ދާ ފަރާތެއް ނަމަ ނޮޓަރައިޒްކޮށްފައިވާ ޕަވާ އޮފް އެޓާނީ އަދި އައިޑީ ކާޑު ކޮޕީ
  • ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާއި ރަޖިސްޓަރީގެ ކޮޕީ
  • މިނިސްޓްރީން ބުނީ އެޕޮއިންޓްމަންޓްގެ ގަޑިއަށްވުރެ ފަސް މިނެޓް ލަސްވެއްޖެ ނުވަތަ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ އެޕޮއިންޓްމަންޓް ކެންސަލްވާނެ ކަމަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: