ރުވާންޑާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ ގެ މެސެޖުގައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ފަރާތުންނާއި މިނިސްޓަރުގެ އަމިއްލަ ނަމުގައި، ރުވާންޑާގެ ހާރިޖީ ވަޒީރަށާއި ސަރުކާރުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފައިވެއެވެ.
އަދި ހަމައެއާއިއެކު، މުސްތަގުބަލުގައި ރާއްޖެއާއި ރުވާންޑާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަކުރުމަށް ރުވާންޑާގެ ފޮރިން މިނިސްޓަރާއިގާތުން މަސައްކަތްކުރުމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ހަލީލުގެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން،، ރުވާންޑާގެ ފޮރިން މިނިސްޓަރަށް އިހްތިރާމު އަދާކުރައްވާ، އެމަނިކުފާނަށް ކުރައްވާ އިހްތިރާމުގެ ޔަގީންކަން އަރުވާކަމަށްވެސް މިނިސްޓަރ ހަލީލުގެ މަސެޖުގައި ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖެއާއި ރުވާންޑާގެ ދެމުގައި ރަސްމީކޮށް، ޑިޕްލޮމެޓިކް ގުޅުން، އެންމެ ފުރަތަމަ ގާއިމުކުރެވިގެންދިޔައީ، 2019 ވަނަ އަހަރުގެ ސެމްޓެމްބަރު 19 ވަނަ ދުވަހުގައެވެ. މި ގުޅުން ގާއިމުކުރެވިގެންދިޔުމަށްފަހު، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެތަކެއް އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާއިރު، އޭގެ ތެރޭގައި ފަތުރުވެރިކަން ފުޅާކޮށް، ޕްރޮމޯޓުކުރުމާއި، މެރިޓައިމް ޓްރާންސްޕޯޓާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ހިލްމު ބަދަލުކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

