ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ސިނާއަތް ޖޯކަކަށް ހެދީ އެމްޑީޕީގެ ވެރިކަމުގައި: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ސިނާއަތް ޖޯކަކަށް ހެދީ އެމްޑީޕީގެ ވެރިކަމުގައިކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެމްބަރު ޝުޖާއު އެފަދައިން ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ ސިނާއަތުގައި ހުރި މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެމްޑީޕީން ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ޝުޖާއު ވިދާޅުވީ، ހަގީގަތުގައި ބޮޑުކަންނެލި މަސްވެރިންގެ ޝަކުވާތައް މިހާތަނަށް އަޑުއެއްސެވި ރައީސަކީ މިއަދުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ކަމަށާއި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގިނަ ބައްދަލުވުންތަކެއްވެސް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޝަކުވާތައް މިހާތަނަށް އަޑުއެއްސެވި ރައީސަކީ އަޅުގަނޑުމެންގެ ރައީސް ޑރ މުޙައްމަދު މުއިއްޒުކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެ

ޝުޖާއު ވިދާޅުވީ، އޭރު ބޮޑުކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނެވި ކަމަށެވެ. އޭގެ ތެރޭގައި ލޭނު އެޅުމުގެ ސިޔާސަތުން ދުރުވުން ހިމެނޭކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން މިއީ ކަންފަތް ބީރު ލޯކަނު ސަރުކާރެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ އެއީ ވަރަށް ހިތާމަހުރި ކަމެއް އިއްޒަތްތެރި ރައީސް

ޝުޖާއު އިތުރަށް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ޖޯކަކަށް ހެދީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. އެގޮތުން ބޮޑުކަންނެލި މަސްވެރިންނަށް މަސް ކިރޭނެ ގޮތްތައް ހޯދައިދިނުމުގެ ވައުދު އެމްޑީޕީން ވެފައިވާ ކަމަށާއި، އެ މެނިފެސްޓޯގައި ހުރި ކަންކަން އެގޮތަށް ހިންގިފައިނުވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން މަސްވެރިންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދާދި ފަހުން ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ޔޫނިއަންގެ މެންބަރުން ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުން ވަނީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: