ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭ ތަމްވީލް ސްކޮލަރޝިޕްގެ ފުރުސަތުތަކަށް ހުޅުވާލައިފި

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޙާއްސަކޮށްގެން އެމްއެމްއޭއިން އިފްތިތާޙުކުރި ތަމްވީލް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްއޭ ތަމްވީލް ސްކޮލަރޝިޕް 2025 އަކީ މިދާއިރާއިން މީހުން ތަމްރީނުކުރުމުގެ ގޮތުން ހުޅުވާލެވޭ ފުރުސަތުތަކެއްކަމަށާއި، މި ޕްރޮގްރާމްގެ އަމާޒަކީ މަތީ ފެންވަރުގެ ތައުލީމާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ސްޕެޝަލައިޒްޑް ޓްރެއިނިން މެދުވެރިކޮށް ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވުންކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭ ތަމްވީލް ސްކޮލަރޝިޕް 2025 ގެ ދަށުން މިވަގުތު ހުޅުވާލެވޭ ފުރުސަތުތަކަކީ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާއި ޔުނިވަރސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) ގުޅިގެން ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުސަތުތަކެކެވެ.

މެލެޝިއާގެ ސެންޓްރަލް ބޭންކް ކަމުގައިވާ ބޭންކް ނެގަރާ މެލޭޝިއާއިން ގާއިމްކޮށްފައިވާ އިންސެފް ޔުނިވަރސިޓީ އަކީ އިސްލާމިކް ފައިނޭންސްގެ ތައުލީމް ފޯރުކޮށްދިނުމާއި، ދިރާސާާާ ކުރުމަށް ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ މުއައްސަސާއެކެވެ. އަދި ޔޫއައިއެސް އަކީ އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް އިކޮނޮމިކްސް ގެ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމަށް މަޝްހޫރު މެލޭޝިޔާގެ ޔުނިވަރސިޓީއެކެވެ.

އެމްއެމްއޭގެ އުންމީދަކީ މި އިނީޝިއޭޓިވްގެ ދަށުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ހުނަރުވެރިންތަކެއް އުފައްދައި، މި ދާއިރާއަށް އަންނަމުންދާ މާލީ ކުރިއެރުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މި ދާއިރާއަށް އަހުލުވެރިވެވޭނެ ގާބިލް މީހުން ބިނާކުރުންކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިހުޅުވާލެވޭ ފުރުސަތުގައި ހިމެނޭ ސްކޮލަރޝިޕްތަކަކީ:

  1. އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް (އީ.އެމް.އައި.އެފް)، އިންސީއީއައިއެފް (އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން ފޮރ އިސްލާމިކް ފައިނޭންސް) ޔުނިވަރސިޓީ، މެލޭޝިޔާ:
  • ފުލީ ފަންޑެޑް: 5 ފުރުޞަތު.
  • ޕާރޝަލީ ފަންޑެޑް (50%): 5 ފުރުޞަތު.
  1. މެލޭޝިއާގެ ޔުނިވަރސިޓީގެ އިންސީއީއައިއެފް (އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން ފޮރ އިސްލާމިކް ފައިނޭންސް) ޔުނިވަރސިޓީން އީ.އެމް.އައި.އެފް އިން މައިކްރޯ ސަރޓިފިކޭޝަން:
  • 5 ފުރުޞަތު.
  1. ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް (ސީއެސްއީބީއެފް) ބައި ޔުނިވާސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) މެލޭޝިއާ:
  • 20 ފުރުސަތު.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: