ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވާނެ!

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވާތީ، އެ ތާރީޚްގެ ކުރިން ލައިސަންސް ނެގުމަށް އެޗްޕީއޭ އިން އެދިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން oneGov ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުޞަތު 2025 އޭޕްރީލް 17 އިން ފެށިގެން ހުޅުވާލާ، 3 މަސް ދުވަހުގެ ތެރޭގައި ހުއްދަ ނެގުމަށް އިއުލާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެހުއްދަ ނަގަން ބޭނުންވާ ފަރާތްތަކުން ޖުލައި 17 ކުރިން ނެގުމަށް ހަނދާންކޮށްދޭ ކަމަށް އެޗްޕީއޭއިން ކޮށްފައިވާ އިއުލާނުގަ ބުނެއެވެ.

 މި ތާރީޚަށްފަހުގައި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމަށް ވެސް އެޗްޕީއޭ ގެ އިއުލާނުގައިވެއެވެ.

ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމަށާއި، ރީ-އެކްސްޕޯޓު ކުރުމަށާއި އަދި ރާއްޖޭގައި ވިއްކުމަށް ޤާނޫނު ނަންބަރ 2010/15 ”ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު“ އަދި އެ ޤާނޫނުގެ ދަށުން ޢާއްމު ކޮށްފައިވާ ”ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ގަވާއިދު“ (ނަންބަރު:2025/R-21) ބަޔާން ކުރާގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: