ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސިންގަޕޫރުގެ ޓުއަސް ޕޯޓަށް ޒިޔާރަތްކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގެ ޓުއަސް ޕޯޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޓުއަސް ޕޯޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ގުރޫޕް ހެޑް އޮފް ބިޒްނަސް ޑިވެލްޕްމެންޓް، އޮންގ ސޯ ލިއޮން އަދި ޕީ.އެސް.އޭ އިންޓަރނޭސަނަލްގެ ނައިބު ރައީސް (ކޮންޓައިނާ ޑިވިޒަން) ވިލިއަމް ގޮހ އެވެ.

ޓުއަސް ޕޯޓުން ރައީސުލްޖުމްހޫރިއްޔާއާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށްވަނީ އެތަނުގައި ތަރައްޤީއަށް ކުރެވިފައި ހުރި ކަންކަމާއި، މަސައްކަތްތައް ކުރިށްދާ ގޮތް ޙިއްސާކުރައްވާފައެވެ. އެއަށްފަހު ޕޯޓު ބައްލަވާލައްވައި، ޕޯޓު ކޮންޓުރޯލް ސެންޓަރުގައި އޮޓޮމެޓިކް ކާގޯގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވެއެވެ.

2040 ގައި ޓުއާސް ޕޯޓުގެ މަސައްކަތް ނިމުމާއެކު ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޭޓެޑް ބަނދަރަށް އެތަން ވެގެންދާނެއެވެ. މި ބަނދަރަކީ މުދާ އުފުލުމަށް ޑިޖިޓަލް ސޮލިއުޝަންތައް ބޭނުންކުރުމަށް މަސައްކަތްކުރާ ބަނދަރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: