ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު ބޮޑު ތަރުހީބަކާއެކު ނިންމާލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޮޑު ތަރުހީބަކާއެކު ނިންމާލައިފިއެވެ. މި މައުރަޒަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ބޭއްވުނު މައުރަޒެކެވެ.

އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން އިންތިޒާމުކޮށްގެން ބޭއްވި މި މައުރަޒު ކުރިއަށް ގެންގޮސްފައިވަނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި މައުރަޒަށް ދެ ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފަވެއެވެ.

މި މައުރަޒުގައި ދިވެހިންގެ ގިނަ އުފެއްދުންތަކެއް ފެނިގެން ގޮސްފަވާއިރު އޭގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަދުންތަކާއި، އަތްތެރި މަސައްކަތުގެ އުފެއްދުންތަކާއި، ކާބޯތަކެތީގެ އުފެއްދުންތައް ހިމެނެއެވެ. މީގެ އިތުރުން މައުރަޒު ބޭއްވުނު ސަރަހައްދުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މިފަހަރުގެ މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 3500 އަށްވުރެ ގިނަ އުފެއްދުންތައް ފެނިގެންދިޔައެވެ. މައުރަޒުގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ދައްކާލުމަށް ކަނޑައަޅާފައިވާ ޚާއްސަ ސަރަޙައްދުގެ އިތުރުން، ހުނަަރުވެރިކަމާއި ފަންނުވެރިކަން އަދި އުފެއްދުންތެރިކަމުގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެެންދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: