ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސް ގިނަ ދުވަހު މަޑު ކުރަން ޖެހުން؛ ޓެލެ މެޑިސިންއާއި އެކު ހައްލަކާއި ދިމާލަށް!

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮކްޓަރުގެ ލަފައާއި އެކު މާލެ އައުމަށް ފަހު ވެސް ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ހުރުމާއި އެކު އެކަން ހައްލު ކުރުމުގެ ގޮތުން ރަނގަޅު ހިދުމަތްތަކާއި ފަހުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ޓެލެ މެޑިސިންގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އައިޖީއެމްއެޗާއި ހޮސްޕިޓަލްތައް ގުޅުވާލައި ޓެލެ މެޑިސިން ފެށުމާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވަނީ މައުލޫމާތުތައް ދީފަ އެވެ. މި ކޮމިޓީގައި އައިޖީއެމްއެޗްއާއި، ހުޅުމާލެ ހޮސްޕިޓަލް، މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސް އަދި އެސްޕާއާއި އާސަންދައިން ބައިވެރިވި އެވެ.

ދޮޅުގަޑިއިރަށް ދިގު ދެމިގެން ދިޔަ މި ބައްދަލުވުމުގައި މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރީ ހޮސްޕިޓަލްގެ ދިގު ކިއުއާއި އެޕޮއިންޓްމަންޓު ލިބުމުގައި ހުރި ދަތިތަކެވެ. ހާއްސަކޮށް ޑޮކްޓަރުގެ ރެފަރެލްއާއި އެކު މާލެ އަންނަ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރި އެވެ.

މި މައްސަލައިގައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރ ޑރ. އާމިނަތު ޒޭބާ އަހުމަދު ވިދާޅުވީ ފަރުވާއަށް ރަށްރަށުން މާލެ އަންނަ ފަރާތްތަކަށް ސްޕެޝަލިސްޓު ބައެއް ޑޮކްޓަރުންނަށް ދެއްކުމަށް ދަތިވަނީ ބެކްލޮގް ކިއުއެއް އޮތުމުންކަމަށެވެ. އަދި ފަސޭހައިން ޑޮކްޓަރަށް ނުދެއްކޭތީއާއި އެކު އެ މައްސަލަ ހައްލު ކުރުމަށް އެކި މަޝްވަރާތައް ކުރެވިފައިވާނެކަން އޭނާ ފާހަގަކުރި އެވެ.

ޒޭބާ ވިދާޅުވި ގޮތުގައި މިހާރު ކުރިޔަށްދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ޓެލެ މެޑިސިންގެ ހިދުމަތް ފެށުމާއި އެކު އެ ދަތިތަކަށް ހައްލެއް އަންނާނެ ކަމަށެވެ. އެ ޕްރޮގްރާމްގެ ޓެސްޓިން ރައުންޑުތައް ވެސް ނިމިފައިވާކަން ފާހަގަކޮށް ޒޭބާ ވިދާޅުވީ ސަރުކާރުން މިހާރު އަންނަނީ ހދ. ކުޅުދުއްފުއްޓާއި، ފ. ނިލަންދޫގައި ޓެލެ މެޑިސިންގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި މިއީ ހައި އެންޑް ސޮފިސްޓިކޭޓެޑް ސިސްޓަމްތަކެއްކަން ވެސް ފާހަގަކުރި އެވެ.

މިއީ ފަހުގެ ޓެކްނޮލޮޖީގެ ގިނަ ފީޗާސްތައް ހިމެނޭ ގޮތަށް ގާއިމު ކުރެވޭނެ ސިސްޓަމެކެވެ. އަދި ސިސްޓަމުން ބަލި މީހާގެ ފުއްޕާމޭގެ ސެތަސްކޯޕް ޖެއްސުމުން އިވޭ އަޑާއި، ހިތުގެ ވިންދު އަޑު ވެސް އިވޭނެ އެވެ.

މި ސިސްޓަމްތަކަކީ ވަރަށް ހައި އެންޑް ސޮފިސްޓިކޭޓެޑް ސިސްޓަމްތަކެއް.. އެ ސިސްޓަމްގައި ބަލި މީހާގެ ފުއްޕާމޭގައި ސެތަސްކޯޕް ޖައްސާ އަޑު ވެސް އިވޭނެ… ހިތުގެ ވިންދުގެ ވެސް އަޑުއިވޭނެ… ވަރަށް ހައި އެންޑް ސިސްޓަމެއް މިއީ… ޕްލޭނަކީ ބަލި މީހަކު މިސާލަކަށް މިކޮޅުން މިސާލަކަށް ކާޑިއޮލޮޖިސްޓަކަށް ދައްކައި ރިވިއު ކުރުމަށް ފަހުން އަންނާށޭ ބުނީމާ، ރިވިއު ކުރެވޭނޭ އެ ހޮސްޕިޓަލަކުން… އެރުން ތާވަލެއް ހަދާނީ މަންތްލީ ކޮންމެ ހަފްތާއަކު ޓެލެމެޑިސިން އެކި ދުވަސްދުވަހު އެކި ސްޕެޝަލިޓީތަކުގެ… ޓެލެމެޑިސިން އޯޕީޑީއެއްގެ ގޮތުގައި ހިނގާނީ..

މި ސިސްޓަމްގެ ނަތީޖާއެއްގެ ގޮތުން ކާޑިއޮލޮޖިސްޓަކަށް ދެއްކުމަށް ފަހު ވެސް ރިވިއު ކުރުމަށް އަންނަން ޖެހޭ ހިސާބުން، އެ ހޮސްޕިޓަލަކުން ރިވިއު ކުރެވޭނެކަމަށް ޒޭބާ ވިދާޅުވި އެވެ. އަދި ކޮންމެ ހަފްތާއަކު ވެސް ޓެލެމެޑިސިންއަށް އެކި ސްޕެޝަލިޓީތަކުގެ ޑޮކްޓަރުންނަށް ތާވަލެއް ހަދާނެކަމަށް ވިދާޅުވި އެވެ. މި ސިސްޓަމް ކުރިޔަށް ގެންދާނީ ޒޭބާ ވިދާޅުވި ގޮތުގައި އޯޕީޑީގެ އުސޫލުގެ ތެރެއިންނެވެ.

ސިސްޓަމް ގާއިމުކޮށް ހިދުމަތް ދޭނެ ގޮތުގެ އިތުރު މައުލޫމާތު ދެއްވައި ޒޭބާ ވިދާޅުވީ އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގައި ޓެލެ މެޑިސިންގެ ހިދުމަތް ގާއިމު ކުރެވޭނެ ކަމަށެވެ. މިއާއި އެކު ބަލި މީހާގެ ރިވިއު ރައުންޑްތަކަށް މަޑު ކުރުމަށް ނުޖެހި، ޓެލެ މެޑިސިންގެ ތެރެއިން އެ މަރުހަލާ ނިންމާލެވޭނެކަން ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: