ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ދޮގު ވިއްކައި، މުޅި ތަން ނަޖިސް ކުރީ އެމްޑީޕީ: އައިފާން

ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުގެ އިސްލާހުކޮށް، އިންސާފު ގާއިމުކޮށްދޭނެކަމަށް ބުނެ ރައްޔިތުންނަށް ދޮގު ހަދައިގެން ވެރިކަމަށް އައިސް ފަނޑިޔާރުގެ އެއްކޮށް ފުނޑާލީ އެމްޑީޕީގެ ވެރިކަމުގައިކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންދިޔައީ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހަޅާފައިވާ އިސްލާހުގެ ބަހުސެވެ.

މި ބިލާއި ގުޅޭ ބަހުސްގައި އެމްޑީޕީއާއި ޕީއެންސީ މެމްބަރުން ދެމެދު އެކި ބަހުގެ ހަމަލާތައް ރައްދު ކުރި އެވެ. އަދި ފަނޑިޔާރުންނާއި މެދު ކަންކަން ހިނގާފައިވާ ގޮތްކަމަށް ބުނެ، އެއީ ނުފޫޒުކަމަށް ދިޔައީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ މެމްބަރުން ސަރުކާރަށް އަމާޒު ކުރި ފާޑުކިއުންތަކަށް ރައްދު ދީ އައިފާން ވިދާޅުވީ ފަނޑިޔާރުންނަށް އިހުތިރާމް ކުރަން ޖެހޭކަމަށެވެ. އަދި އެއާއި އެކު ފަނޑިޔާރުންނަކީ ނުހަނު ބޮޑު މަސްއޫލިއްޔަތެއް ކޮނޑުގައި އެޅުވިފައިވާ ފަރާތެއްކަމަށް ވެސް ވިދާޅުވި އެވެ.

އައިފާނު ވިދާޅުވީ، ފަނޑިޔާރުންނަކީ ނަޒާހަތްތެރިކަން ދަމަހައްޓާ އަދުލުވެރި ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި އިސްލާމު ދީނުގައި ވެސް ފަނޑިޔާރުންނަކީ އަދުލުވެރިކަމާއި އިންސާފަށް ލޯބި ކުރާބަޔަކަށްވުމަށް އަނގަވައިފައިވާކަން ފާހަގަކުރެއްވި އެވެ. އައިފާން ވިދާޅުވީ އެންމެ ބޮޑު ހިތާމައަކީ ރާއްޖޭގެ ބައެއް ފަނޑިޔާރުންގެ ކިބައިން ފެނިގެން ދާ މަންޒަރަކީ، ތަފާތު އެކި މައްސަލަތަކުގައި އެކި ފަރާތްތަކުން ދޭ ރިޝްވަތުގައި ހިފައިގެން، ހުކުން ކުރައްވާ މަންޒަރުކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނެވޭ އިސްލާހާއިއެކު، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާއި، އަދުލުވެރިކަން ވަރަށް ބޮޑުތަނުން ކަށަވަރުވެގެންދާނެކަމަށް އައިފާން ވިދާޅުވިއެވެ.

ދެންމެ މިތާ އިޒަތްތެރި މެމްބަރުން ވާހަކަދެއްކިއިރު، ވަރަށް ބޮޑަށް ފާހަގަކުރި މިއުޅެނީ ސަރުކާރުން ފަނޑިޔާރު ގެއަށް އައިބާނަންށޭ… ފަނޑިޔާރުގެއަށް އަތްބާނަންވެގެން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ބާރުތަަކެެއް ދޭންށޭ މިއުޅެނީ.. މިހެން ބުނިއިރު އެމްޑީޕީން ވެރިކަމަށް އައީ އެންމެ ފުރަތަމަވެސް.. ފަނޑިޔާރުގެ އިސްލާކުރަން.. ފަނޑިޔާރުގެ މިނިވަން ކުރާނަމޭ ކިޔާފަ… މި ވައުދާއި އެކީގަ ރައްޔިތުންނަށް މި ދޮގު ވައުދު ވިއްކައިގެން އެމްޑީޕީން ވެރިކަމަށް އައީ… އައިސް މުޅި ފަނޑިޔާރުގެ.. ނަޖިސްކޮށްފަ އެބޭފުޅުން ވެރިކަމުގެ ދައުރު ނިންމާފަ އެދިޔައީ

އައިފާން ވިދާޅުވީ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅައި، އެއަށް ބަހުސް ކުރި މެމްބަރުން ދެއްކެވި ވާހަކަތަކުގައި ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒުފޯރުވަން، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަނީކަމަށް ބުނިކަމުގައިވީނަމަވެސް، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ވެރިކަމަށް އައުމުގައި، އެބޭފުޅުން އެންމެ ފުރަތަމަ އިސްކުރީ، ފަނޑިޔާރުގެ އިސްލާހުކޮށް، ފަނޑިޔާރުގެ މިނިވަންކުރަންކުރުންކަމުގައިވީނަމަވެސް، އެކަން ހަގީގަތަކަށް ނުވިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: