ދިވެހިރާއްޖެއިން ސްވިޒަލޭންޑަށް ކަނޑައެޅުއްވި އައު ނޮން- ރެސިޑެންޓު ސަފީރު، ޑރ. ސަލްމާ ރަޝީދު، އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު، އެ ގައުމުގެ ރައީސް، ކަރިން ކެލަރ-ޖުޓަރ އަށް އަރުއްވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2025 ޖޫން 2 ވަނަ ދުވަހު، ސްވިޓްޒަލޭންޑުގެ ވެރިރަށް ބަރންގެ ޕެޑަރަލް ޕެލްސްގައެވެ.
މި ރަސްމިއްޔާތުގައި ސަފީރު ޑރ.ސަލްމާގެ އަރިހުގައި އެކަމަނާގެ ފިރިކަލުން، ޖޮނަތަން ބަރޓަން އާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ކައުންސެލަރ، އާދަމް ހާމިދު ބައިވެރިވެލެއްވިއެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު، ސަފީރު ޑރ.ސަލްމާ ރަޝީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި ސްވިޒަލޭންޑުގެ ރައީސްއަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފައެވެ.
ސަަފީރު ޑރ.ސަލްމާ ރަޝީދު ވަނީ، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއިސްވިޒަލޭންޑް އާ ދެމެދު އޮންނަ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުން ބަދަހިކޮށް، ހަރުދަނާކުރެއްވުމުގައި ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމުގެ ޔަގީންކަންގަން އެރުއްވިއެވެ.

