އަދުގެ ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ ވަރަށް ފުދިގެން އުޅޭ ދައުލަތްތަކުން ކުރާ ކަންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޒިޔާދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އައިއިރު މުޅި ދުނިޔެއިން ބޯޑަރު ހުޅުވާލި 2 ވަނަ ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ. ހަމައެކަނި މުޅި ދުނިޔޭގައި 100 ޕަސެންޓު އިމްޕޯޓު ކުރާ ގައުމަީވެސް ދިވެހިރާއްޖެ ކަމަށް ޒިޔާދު ވިދާޅުވިއެވެ. ކޮވިޑް ހާލަަށް އަލި އަޅުވާ ލައްވާ ޒިޔާދު ވިދާޅުވީ އެއާލައިންތައް ދުނިޔޭގައި ވިއްކާ ޝިޕިންގލައިންތައް ހުއްޓި އެތައް ކަމެއް ވެގެން ދިޔަ ކަމަށާއި އެހާލަތުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. އަދި އޭރުވެސް އެމްޑީޕީގެ ސަރުކާރުން އެއްވެސް ބައެއްގެ މުސާރަ ކަނޑާފައި ނޯންނާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ އޭރު ދިޔައީ ކާބޯތަކެއްޗަށް ދަތިނުވާވަރަށް ސަޕްލައި ކުރަމުން ކަމަށެވެ. ދުނިޔޭގެ ގައުމުތަކުން އޭރު އެހީތަކެއް ދީފައިވާނަމަ އެކަންވެސް ފެންނަން އޮންނާނެ ކަމަށާއި ޕީއެންސީން އެވާހަކަ ދެއްކީ ކެމްޕެއިންކުރުމުގެ ބޭނުމަށްކަމަށް ޒިޔާދު ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ މިއަދާއި ހަމައަށް އައިއރު 60 މިލިއަނުގައި ރައީސް ޔާމީން އުފެއްދެވި ދަރަނި ހުރުމަކީ މައްސަލައެއް ނޫންކަމަށް ޔާމީން ވިދާޅާ ކަމަށާއި އަދި އެމްނިކުފާނު ނެންގެވި ލޯނުވެސް ހުންނާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި އެއަށް ފަހު އެމްޑީޕީންވެސް ދަރަންޏާއި ލޯނު ނެގިކަމަށް ޒިޔާދު ވިދާޅުވިއެވެ.
”ދަރަނި މެނޭޖު ކުރެވޭނެ ގޮތެއް ރައީސް ޔާމީންވެސް ހޯއްދެވީ. އަޅގަނޑުމެންވެސް ހޯދިން. މީގައި މެނޭޖު ނުކުރެވިގެން މިއުޅެނީ މިހާރުކަން އެބައިނގޭތާ. މިސާލަކަށް އަޅުގަނޑުމެންގެ ދަރަނި ވަރަށް ބޮޑު. ގައުމުގެ ރައްޔިތުން ވަރަށް ހާލުގައި. ތިރީސް، ސާޅީސް މިލިއަން ޑޮލަރު ދީފައި އަޅުގަނޑުމެން ކީއްކުރަން ގެންނަ ޑްރޯނެއް. އަޅުގަނޑުމެން މިކިޔަނީ އަޅުގަނޑުމެން މިކިޔަނީ ދަރަނި އިންތިހާއަށް ބޮޑޭ އަޅުގަނޑުމެން އަތުގައި ނެތޭ ލާރިއެއް، ފައިސާއެއް ނެތޭ، އެކައްޗެއްވެސް ނެތޭ“
ޒިޔާދު ވިދާޅުވީ ރައްޔިތުންނަށް ކަންކަން ކޮށްދޭން ނުވަތަ އަސާސީ ކަންކަން ކޮށްދޭން ހުއްޓާއި، ބޭކާރު ހަރަދުތައް އިސްކުރުމަކީ މައްސަލައެއް ކަމަށެވެ. އަދި ރައްޔިތުންނަށް އެފަދަ ކަންކަން ކޮށްދޭން އެދުމުން އެ ފައިސާއެއް ނެތޭ ބުނެ އެމްޑީޕީގެ ސަރުކާރުން ވަކި ގޮތަކަށް އަމަލުކޮށްފައި ޮއތޭ ބުނެ ބަހަނާތަކެއް ދަށްކާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
މީގެއިޔުރަށް ޒިޔާދު ވިދާޅުވީ 2024 ވަނަ އަހަރުގެ މުޅި ބަޖެޓު އެއްކޮށް އަޅާލީ ފުށި ދިއްގަރު ފަޅަށް ކަމަށެވެ. މިހާރު ރާއްޖޭގައި ހިއްކާފައި ހުރި ތަންތަނުގައި އެ މަޝްތޫއުތައް ހިންގޭނަމަ މިއަދު މީހުން ވަދ ނިކުމެ އުޅެވޭވަރުގެ ބޯހިޔާވަހިކަމެއް އޮންނާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ މިސަރުކާރުން މިހާރު ކުރަނީ ވަރަށް ފުދުނީމާއި ކުރާ މަސައްކަތްތައް ކަމަށެވެ.

