ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އާންމުންގެ ތެރެއިން 8 މީހަކު ކުރިމަތިލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިމާރާތް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އާންމުންގެ ތެރެއިން 8 މީހަކު ކުރިމަތިލައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައެވެ. އެގޮތުން އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އާންމުންގެ ތެރެއިން މީހަކު ކަނޑައެޅުމަށްޓަކައި މަޖިލީހުގެ އިދާރާއިން ވަނީ އިއުލާނު ކޮށްފައެވެ. އެއީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އަދި ޖޭއެސްސީގެ ޤާނޫނާ ޙަވާލާދީ ކުރި އިއުލާނެކެވެ.

އެގޮތުގެ މަތިން ކުރި އިއުލާނާ ގުޅިގެން މީހަކު ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާފައިވެއެވެ. އަދި އެމީހުންގެ ނަންތައް އަންގާރަ ދުވަހުގެ ޖަލްސާގައި އަމީންއާންމު ވަނީ އިއުލާނު ކުރައްވާފައެވެ.

މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ކޮމިޝަނަށް ކުރިމަތިލާފައިވާ މެމްބަރުންނަކީ އަލްއުސްތާޛު އިބްރާހިމް ޒާހިދު، އަލްއުސްތާޛު އަހުމަދު އަލީ، އަލްފާޟިލް އަލީ އާމިރު، އަލްފާޟިލް އިދުރީސް ފައުޒީ، އަލްއުސްތާޛު އަހުމަދު ޝާފިއު، ޑރ ހުސައިން ފާއިޒު، އަލްއުސްތާޛު ޙަސަން ވަޙީދު އަދި އަލްފާޟިލް އަލީ މުޙައްމަދު މަނިކެވެ.

އަމީންއާންމު ނަންތައް އިއްވެވުމުން ރިޔާސަތުންވަނީ މި މައްސަލަ ދިރާސާ ކުރުމަށް އެކަމާ ގުޅޭ ދާއިމީ ކޮމިޓީކަމަށްވާ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: