ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަ ނުފެންނަ ވޯޓުގެ ސަބަބުން ތަޅުލެވިފައި ހުރި ގާނޫނުތަކުގައި ހުރި ހައްގުތަށް ހޯދުމަށް މަގުފަހިވާނެ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންނަ ނުފެންނަ ވޯޓުގެ ސަބަބުން ތަޅުލެވިފައި ހުރި ގާނޫނުތަކުގައި ހުރި ހައްގުތަށް ހޯދުމަށް މަގުފަހިވާނެކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ބަހުސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށެވެ. ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވަރަށް ތާރީހީ ބިލެއްކަމަށެވެ. ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންގެ ސީދާ ޑިމޮކްރަސީކަމަށް ބައެއް ފަލްސަފާ ވެރިން ބުނާކަމަށާއި، މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޑީއެންއޭގައި ހިމެނޭކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިސްތިގުލާލީ ބާރުގެ ސަބަބުން، ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަށްވެސް މަޖިލީހުގެ މައްޗަށް ގަދަ ބަސް ބުނުމަކީ ފަސޭހަކަމެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ ސީދާ ބަހެއް ހޯދުމަށް އޮންނަ ގޮތަކީ ފެންނަ ނުފެންނަ ވޯޓަށް އެހުންކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓަކީ ގައުމުތައް އެއް ބައެއްގެ ގޮތުގައި ދެމި އޮތުމުގެ އެއް ސަބަބުކަމަށެވެ.

2022 ވަނަ އަހަރު އެކަނިވެސް ސްވިޒަރލޭންޑުގައި 11 ފެންނަ ނުފެންނަ ވޯޓު ނާގާފައިވޭ. އާދެ! އޮސްޓްރޭލިއާގެ ފެޑެރޭޝަން އުފެދުނު ފަހުން 20 ފެންނަ ނުފެންނަ ވޯޓު ނަގާފައިވޭ. އިޖުތިމާއީ ކަންކަމާއި ގުޅޭ ގޮތުން، އަސާސީ ހައްގުތަކުގެ މިނިވަންކަމާއި ގުޅޭ ގޮތުން ވޯޓު ނަގާފައިވޭ.

ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިފަދަ ވޯޓަކަށް ރާއްޖޭގައި ނެގީ ނިޒާމީ ވޯޓުކަމަށެެވެ. މިހާރު ގާނޫނު އަސާސީގެ ބައެއް މާއްދާތައް ވަނީ ތަޅުލެވިފައިކަމަށާއި، މީގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި ގުޅިފައިވާ ގާނޫނުތައްކަމަށާއި، އެހެންކަމުން މި ގާނޫނުތައް ހުޅުވުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މި ބިލު ފާސްވެގެން ދާއިރު، މީގައި ހިމަނާފައިވާ ކަންކަން ތަފްސީލުވެ އިތުރަށް ފުރިހަމަވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: