ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުދީ ސަރުކާރާއި އިސްލާމިކް މިނިސްޓްރީއިން ކުރާ މަސައްކަތް ފުޅާކުރުމަށް އާ ސަފީރާއިއެކު މަޝްވަރާތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ސަރުކާރާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި، ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ކަންކަމުގައި ދެއްވާ އަހައްމިއްޔަތާއި އިސްކަން ފާހަގަކުރައްވާ ޑރ ޝަހީމް ވަނީ ސަފީރަށާއި އެމްބަސީގެ އިސްވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އައު ސަފީރުގެ ޒަޢާމަތުގައި މި ގުޅުން އިތުރަށް ބަދަހިކޮށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ޑރ ޝަހީމް ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންގެ ކަންކަން ލުއިފަސޭހަކަމާއެކު ކުރިއަށް ގެންދެވުމަށް ސަޢުދީ ސަރުކާރުންނާއި އެމްބަސީން ވެދެއްވި އެހީތެރިކަމަށްޓަކައި ޑރ ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ޑރ ޝަހީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚާއި ވުޒާރާގެ މެންޑޭޓާއި މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ސަފީރަށް ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: