ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޓަންގެ މަރު: ވީޑިއޯ އެންޑް އިމޭޖް އެނާލިސިސްއާ ގުޅޭ ހެކިބަސް ނަގައިފި

ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ނިޒާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ވައްކަމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން އާދިއްތަ ދުވަހު ހެކިބަސް ނަގާފައިވަނީ މި މައްސަލައިގައި ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ތައްޔާރުކުރެއްވި އޮފިސަރުގެއެވެ.

އެއީ މި މައްސަލައާ ގުޅުންހުރި ސީސީޓީވީ ފުޓޭޖުތަކުން ފެންނަނީ ނިޒާމުކަން ސާބިތު ކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ހެއްކެކެވެ. އެ ހެކިވެރިޔާ ވަނީ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ މީހާއާއި ނިޒާމްއާ އެއްގޮތްވާ ސިފަތަކާއި ގުޅޭގޮތުން ހެކިބަސް ދެއްވާފައެވެ.

އޭނާ ނިޒާމްއާއެކު ފުރައިގެން ދިޔަ މަންޒަރު ފެނުނުކަމަށް ބުނާ ހެކިވެރިން ދައުލަތުން މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އެކަން އެ ހެކިވެރިން ވަނީ ތަހުގީގަށްވެސް ކިޔާދީފައެވެ. އަދި ސީސީޓީވީ ފުޓޭޖުުންވެސް ބަނދަރު ސަރަޙައްދުން ލިޓަން ފެންނަ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް އޭގެ ފަހުން ދޯނީގެ ޚަބަރެއް ނުވެގެން އުޅެނިކޮށް ދޯނީގެ ވެރިފަރާތަށްވެސް މައުލޫމާތު ލިބިފައިވަނީ ދޯނި އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށެވެ. އޭގެ ފަހުން ލިޓަންއާއި ނިޒާމު ހޯދަމުން ދަނިކޮށް ނިޒާމް ފެނިފައިވަނީ މާލެއިންނެވެ.

މި މައްސަލައިގައި ދައުލަތުގެ އިތުރު ހެކިންގެ ހެކިބަސް ނެގުން އަދިވެސް ކުރިއަށް އެބައޮތެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: