ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ މުސްލިމުން އެ މީހުންގެ ވަޒަނުން ބޭރުކުރަން ކުރާ މަސައްކަތް ވާނީ ފެއިލް :ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ މުސްލިމުން އެ މީހުންގެ ވަޒަނުން ބޭރުކުރަން ކުރާ މަސައްކަތް ފެއިލްވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ”ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެޤައުމުގެ ރައްޔިތުން ބޭރުކުރުމުގެ ޕްލޭން ވާނީ ފެއިލް“ ކަމަށެވެ.. އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލްއާއްމު ނިމުމަކަށް ގެނެސް ސުލްހައިގެ މަގު އިޙުތިޔާރު ކުރަންޖެހޭ ކަމަށާއި، ފަލަސްތީނުގެ މައްސަލާގައި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ކޮންމެހެންވެސް ސުލްހަ ބޭނުންވާ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ  ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންވެސް މި މައްސަލައިގައި ސުލްހަވެރި ހައްލެއް ހޯދުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އެމެރިކާގެ ވާގިވެރިކަމާއެކު އިސްރާއީލުން ދަނީ ހުއްޓުމެއްނެތި ފަލަސްތީނަށް ހަމަލާދީ، އެތައް މުސްލިމުންނެއް ޝަހީދުކުރަމުންނެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން 57،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 130،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. މި ހަނގުރާމައިގެ ސަބަބުން ގާޒާގެ ގިނަ ސަރަހައްދުތަކެއް ވަނީ ވީރާނާވެފައެވެ. އަދި ލައްކައަކަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: