ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހަކު ހޯދުމަށް އިމިގްރޭޝަނުން ނޯޓިސް ނެރެފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނަކު ހޯދުމަށް ނޯޓިސްއެއް އިމިގްރޭޝަނުން ނެރެފިއެވެ. މި ދެމީހުން ވީތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ބެލެވެއެވެ.

އިމިގްރޭޝަނުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝާއިޢުކުރި ނޯޓިސްގައި ހޯދަން އުޅޭ ދެމީހުންނަކީ އުމުރުން 31 އަހަރުގެ މުޙައްމަދު ޖޮވެލް މިއާ އާއި އުމުރުން 32 އަހަރުގެ އެމްޑީ ޗޯޓަން މިއާ އެވެ.

އިމިގްރޭޝަނުން މި ދެމީހުންނަށް ވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ އިދާރާގެ ރަސްމީ ގަޑިކަމުގައިވާ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އާ ދެމެދު އިމިގްރޭޝަން އޮފީހަށް ހާޒިރުވުމަށް އަންގާފައެވެ.

މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް އާންމު ފަރާތްތަކަށް ލިބިފައިވާނަމަ، އެ މަޢުލޫމާތު risk@immigration.gov.mv އަށް އީމެއިލް ކުރުމަށް ނުވަތަ 91999017 ނަންބަރު ފޯނަށް ގުޅައި އެންގުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

ބިދޭސީން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދުމަށް އިމިގްރޭޝަނުން މިފަދަ ނޯޓިސްތައް ނެރުމަކީ އާންމު ކަމެކެވެ. މިފަދަ ހާލަތްތަކުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ހޯދުމަށް އިމިގްރޭޝަނުން މަސައްކަތްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: