ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފޮޓޯ/ ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ގަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އެކްސްްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އިއްޔެ މެންދުރުފަހު ލ. ގަމުގައި ހިންގި އޮޕަރޭޝަނެއްގައި، މުކުރިމަގު ބަނދަރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަަމަށެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ލ. ގަން އަތޮޅު ފެރީއަށް މަސްތުވާތަކެތި ޓްރެފިކްކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި ހައްޔަރުކުރި  މީހާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ޕެކެޓުގެ ބަރުދަނުގައި 321.40 ގްރާމް ހުރިކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ  އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: