ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޔޫއިން މިފްކޯ ބްލެކްލިސްޓުކުރި ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: ޝިޔާމް

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރަޕް ނުވަތަ ޔޫކޭއިން މިފްކޯ އަދި އެނޫންވެސް އެހެން އެކްޓިވް މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މީޑިއާއެއްގައި ޝާއިއުކޮށްފައިވާ ހަބަރަކާއި ގުޅިގެން މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އީޔޫއިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނ މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ ހަފްތާގައިވެސް ޔޫކޭގެ މޭޖަރ ބަޔަރެއް މިފްކޯއާއއިއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަަކަށް ރާއްޖެ އަންނަ ކަމަށެވެ. މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށެވެ. އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ވާއިރު އެފަދަ ސިނާއަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ގައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓަރޑް ނޫސް އެޖެންސީއަކުން ހަގީގަތާއި ހިލާފު މައުލޫމާތު ފެތުުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް ކަމަށެވެ.

އެ ނޫހުން ޝާއިއުކޮށްފައިވާ ހަބަރެއްގައި ވަނީ އެ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫރަަޕުންނާ ޔޫކޭއިން މިފްކޯ ބްލެކްލިސްޓުކޮށް ބޭންކޮށްފަައިވަނީ އޮޑިޓަކުން ފެއިލްވެެގެން ކަަމަށެވެ. މީގެއިތުރަށް އެއްވެސް މައުލޫމާތެއް އެ ނޫހުން ޝާއިއުކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: