ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލުގެ ބޭނުމަކީ ވެރިކަމުގެ ދައުރަށް ބަދަލު ގެނައުން: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ހިޔާލު ހޯދުމާއި ގުޅޭ ބިލު ހުށަހެޅުމަށް އޮތް އެންމެ ބޮޑު އެއް ބޭނުމަކީ ރިޔާސީ ދައުރު ދަންމާލައި، ވެރިކަމުގެ ދައުރާއި ގުޅޭ ނިންމުމެއް ތަންފީޒު ކުރުންކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ގައުމީ މުހިންމު މައްސަލަތަކުގައި ވެސް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓަކަށް ދިއުމަށް ނިންމިދާނެކަމަށް ބަޔާންކޮށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައި މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ނަމުގައި ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވާ ގޮތުން އާންމުންގެ ވޯޓު ނެގޭނީ ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކުގައާއި، ގައުމީ މުހިންމު މައްސަލަތަކުގައެވެ. އަދި ގާނޫނުއަސާސީގައި ބަޔާން ކުރާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ގުޅޭ އެއްވެސް ބާވަތެއްގެކަމެއްގައި ވޯޓަކަށް ދާންޖެހޭނެކަމަށް ވެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ އުމުރާއި، ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ބިލުތައް ތަސްދީގު ކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ސަރަހައްދާއި ގުޅުން ހުރި އެއްވެސްކަމެއްގައި ގޮތް ނިންމޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންކަމަށް ބިލުގައި ވެއެވެ.

ބިލާއި ގުޅޭގޮތުން ދެއްކެވި ވާހަކައިގައި ޝަމްހީދު އިޝާރާތް ކުރެއްވީ، އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގަރާރު ނެރޭތާ ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ވޯޓު ނަގަން ޖެހޭނެކަމަށް ބުނެފައިވާތީ އެވެ.

ޝަމްހީދު ތުހުމަތު ކުރެއްވި ގޮތުގައި މުޅި ބިލު ފަރުމާ ކުރުމުގެ ބޭނުމަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރަށް ބަދަލު ގެނައުމެވެ. އަދި މުޅި މައްސަލައަށް ބަލާއިރު ވޯޓަކަށް އިއުލާނުކޮށް ކެމްޕެއިނަކަށް ލިބެނީ ދޮޅުމަހާއި ތިން މަސް ދުވަހުގެ މުއްދަތެއްކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މިއީ ރާއްޖެ ފަދަ ގައުމަކަށް އެންމެ އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ގުޅިފައި ވަނީ ދެ އިންތިހާބު އެއްކޮށްލުމާއި ނުވަތަ އެ ރައްޔިތުންގެ ބަސް ނުހިމެނޭ ގޮތަށް ގައުމީ ބޮޑެތި ނިންމުންތައް ނިންމާތީއެއް ނޫންކަމަށެވެ.

އޭގެ ބަދަލުގައި ރައްޔިތުން މިއަދު ވެސް އާދޭސް ކުރަމުން ދަނީ ރަނގަޅު ބޭސްފަރުވާގެ ފުރުސަތުތައް ލިބޭނެގޮތަށް މަގުފަހި ކުރުންކަމުގައި ޝަމްހީދު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް ގަބޫލު ކުރެވިގެން މި އުޅެނީ ދެ އިންތިހާބު އެއްކޮށްލުމާއި އަދި ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދިނުމާއި މިކަހަލަ ކަންތަކެއްގެ ވާހަކަތަކެއް.. ބަހުސް ކުރުމަށް މި އޮތީ މި ކަންތައްތަކުގައި ރައްޔިތުންނަށް ކެމްޕެއިން ކުރުމަށް ދީފައި މިއޮތީ 45 ދުވަހާއި 90 ދުވަހާއި ދޭތެރޭގައި.. ދެން އެހެން ނަމަވެސް އަޅުގަނޑުގެ ކަންބޮޑުވުމަކީ މިއަދު ރައްޔިތުން ކަންބޮޑުވެގެން މިއުޅެނީ ދެ އިންތިހާބު އެއްވެގެން ތޯ ނުވބަތަ ނޫންތޯ.. އެ ރައްޔިތުން ނުހަނު ނިކަމެތި ހާލެއްގައި އުޅެމުން ދަނީ.. އެކަމާއި ބެހޭ ގޮތުންސަރުކާރުގެ ތެރެއިން ބަހެއް ބުނާ މީހެއް ވެސް މި މަޖިލީހަކަށް ނާދޭ..

ޝަމްހީދު ވިދާޅުވީ ރައްޔިތުން ތިބީ ވަރަށް ބޮޑެތި ދަތިތަކެއްގެ ތެރޭގައިކަމަށާއި، އެކަންކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް މި ސަރުކާރުގެ ވަޒީރުންގެ ފަރާތުން މަޖިލީހަށް ހިއްސާ ނުކުރާކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ކަންކަން އޮޅުންފިލުވައިދޭން ވެސް އެއްވެސް މަސައްކަތެއް ނުކުރާކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މީގެއިތުރުން ޝަމްހީދު ވިދާޅުވީ ސަރުކާރުން ހުށަހަޅައިގެން ބޮޑެތި ގާނޫނުތައް ފާސްކޮށްފައިވާކަމަށް ބުނާއިރު، އެ ގާނޫނުތަކުގެ މައުލޫމާތެއް ރައްޔިތުންނަށް ނުދޭކަމަށެވެ. އެގޮތުން ދައުލަތުގެ ދަރަންޏާއި ފިސްކަލް ހާލަތާއި ގުޅޭ ބިލެއް ފާސްކުރިއިރު އޭގެ ދަށުން ސަރުކާރަށް މަތިކުރާ ޒިންމާތައް ކިހާވަރަކަށް އަދާކުރޭތޯ ވެސް ރައްޔިތުންނަށް ނޭނގޭކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: