މަސްތުވާތަކެއްޗާއެކު މާލޭން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މަސްތުވާ ތަކެއްޗާއިއެކު އެމީހާ ހައްޔަރުކޮށްފައިވަނީ ރޭ ހެންވޭރުގައި ހުރި ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިގެން ކަމަށެވެ. އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި އޮޕަރޭޝަނުގައި 214 ގްރާމުގެ މެތެމްފެޓަމިން ފެނިފައިވާއިރު، 16،879 ނަގުދު ފައިސާވެސް ފުލުހުން ވަނީ އޭނާގެ އަތުން އަތުލައިގަނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީޤު ކުރަމުންނެވެ.

