ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް ޓްރޭޑްމާކް ބިލު މަޖިލީހަށް!

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމާއި ގުޅޭ ނިޒާމެއް ގާއިމު ކުރުމަށް ޓްރޭޑްމާކްގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލުގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. އަދި ބިލު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމާއި ގުޅޭ ނިޒާމެއް ގާއިމުކޮށް ކަމާއި ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށެވެ. އަދި ރެޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާއި ގުޅިގެން ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ހައްގުތަކުގެ ދާއިރާތައް ބަޔާންކޮށް ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާއި ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް މި ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި ޓްރޭޑްމާކްއަކީ އެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތައްއަނެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތަކާއި ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ނިޝާނެއް ކަމަށެވެ.

ބިލުގައި ބުނެފައި ވަނީ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ މިންގަޑުތަކަށް މާކް ފެތެންވާނެ ކަމަށެވެ، އަދި މާކްގެ ގްރެފިކް ރެޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ވަނީ ލާޒިމުކޮށްފަ އެވެ. މި މާކްގެ ހާއްސަ ސިފައެއްގެ ގޮތުގައި އޭގެ ކުލަ ކަނޑައެޅުމަށް ބޭނުންވާނަމަ އެކަން އަންގައިދޭ ބަޔާނެއް ހުށަހަޅަން ޖެހޭނެ އެވެ.

އިތުރަށް ހުށަހަޅަން ޖެހޭނީ މާކްގެ ބައިތަކުގެ ކަމާއި ބެހޭ ތަރުޖަމާއާއި މާކް ބޭނުން ކުރުމަށް ގަސްދު ކުރާ މުދަލާއި ހިދުމަތުގެ ލިސްޓެކެވެ.

ބިލުގައި ބުނެފައި ވަނީ ރެޖިސްޓްރީކޮށްފައިވާ މާކެއް ބޭނުން ކުރުމަށް ދޫކޮށްފައިވާ ލައިސެންސްތަކުގެ މައުލޫމާތު އާންމު ކުރަންވާނެ ކަމަށެވެ.

ޓްރޭޑްމާކްއާއި ގުޅިގެން އެކްސްކްލޫސިވް ހައްގު ލިބިދެވޭނީ ގާނޫނުގައިވާގޮތުގެ މަތީން އެ މާކް ރެޖިސްޓްރީ ކުރުމުންނެވެ. މި ގާނޫނުގެ ދަށުން މާކްއެއް ރެޖިސްޓްރީ ކުރެވޭނީ އެ މާކެއް ރެޖިސްޓްރީ ކުރުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސައްހަ ހުށަހެޅުމެއް އެންމެ ފުރަތަމަ ފުރިހަމަ ކުރާ ފަރާތަކަށް ނުވަތަ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އިސްކަން ދިނުމުގެ ހައްގެއް އުފަންވެފައިވާކަން އެންމެ ފުރަތަމަ ސާބިތުކޮށްދެވޭ ފަރާތަކަށެވެ.

ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމަށް އެދި ކަނޑައެޅިފައިވާ މައުލޫމާތުތަކާއި އެކު ލިޔެކިއުންތައް ހުށަހަޅަން ޖެހޭނީ ރެޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީއަށެވެ. ރެޖިސްޓްރީއަށް އެދި ހުށަހަޅާއިރު، ފާހަގަކުރެވޭ ވަކި ހާއްސަވާ ސިފައެއް ނިޝާނުގައި ނެތް ނަމަ ރެޖިސްޓްރީ ކުރުން ގާނޫނު މަނާކުރެ އެވެ. އަދި އެ މާކު އެހެން މާކްއަކާއި ސީދާ އެއްގޮތްވުން ނުވަތަ ވައްތަރު ގޮތެއް ހުރި ނަމަ ރެޖިސްޓްރީކޮށް ނުދެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: