5 މިލިއަން ގަސް އިންދުމުގެ މަސައްކަތުގެ ތެރެއިން މިހާރު 595000 (ފަސް ލައްކަ ނުވަދިހަ ފަސްހާސް) ގަސް އިންދިއްޖެ ކަމަށް އެންވައިރޮމެންޓު މިނިސްޓަރ ޡާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޡާރިޤް ވިދާޅުވީ ގަސް އިންދުމުގެ ޕްރޮގްރާމުގައި ސަރުކާރުގެ އިދާރާތަކާއި، ކުންރުނިތައް އަދި ކައުންސިލްތަކާއި ރިސޯޓުތަކުން ބައިވެރިވެފައިވާ ކަމަަށެވެ. މިނިސްޓަރ ވިދާޅުވީ އަމާޒަކީ 6.5 މިލިއަން ގަސް އިންދުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މި ވަގުތު ކުރަމުންދާ މަސައްކަތަކީ އެއްބަސްވެފައިވާ ފަރާތްތަކާއި އިތުރަށް ގުޅިގެން ގަސް އިންދާނެ ތާރީހުތައް ދެނެގަތުމެވެ.
މީގެއިތުރަށް މިހާރު އިންދާފައިވާ ގަސްތައް އެއީ ކޮން ފަރާތަކުން އަދި ކޮންތަނެއްގައި އިންދާފައިވާ ގަސްތަކެއްތޯ ބަލައި، މައުލޫމާތުތައް އެއްކޮށް އެ ތަފްސީލު ލިބެން ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މި ވަގުތައް ނާސަރީއެއް ހެދުން މުހިންމުވާތީ ޗައިނާ ސަރުކާރާއި އެކު 50،000 އަކަފޫޓެއްގެ ބިމެއްގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެއާއިއެކު ގަސް އިންދުމުގެ މަސައްކަތް ވަރަށް ބޮޑުތަނުން އަވަސް ވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫއުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މި ވަގުތު މަދުވެފައިވާ ނުވަތަ ނެތިގެންދާ ގަސްތައް ހޯދައި އާލާކުރުމެވެ. މިކަމަށްޓަކައި މިނިސްޓްރީން ވަނީ ރާއްޖެއިން ނެތެމުންދާ ގަސްތަކުގެ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާއިން ދައްކާގޮތުގައި 90 ވައްތަރެއްގެ ގަސް މިހާރުވެސް ނެތިގެން ދިއުމުގެ ބިރު އެބައޮތެވެ. މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.
މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
1. ނެތެމުންދާ ގަސްތައް ހޯދުން
2. އެ ގަސްތައް އިންދުން
3. އިންދާ ގަސްތައް މޮނިޓަރކުރުން
މި މަޝްރޫއުގައި ބައިވެރި ވަނީ ހަމައެކަނި ސަރުކާރުގެ މުއައްސަސާތަކުން ނޫނެވެ. ކުންފުނިތަކާއި، ރިސޯޓުތަކާއި، އަދި ޖަމިއްޔާ ޖަމާއަތްތަކުންވެސް ބައިވެރިވެގެންދާނެއެވެ. ސަރުކާރުން ބުނެފައި ވަނީ މިއީ މުޅި ޤައުމުގެ މަޝްރޫއެއް ކަމަަށެވެ.

