ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމާނީ ފެންވަރުގެ ސިނަމާއެއް ގާއިމްކުރުމަށް ބޭރުގެ އިންވެސްޓަރުންނާއިއެކު މަޝްވަރާކޮށްފިން: މިނިސްޓަރ އަސްވާޑް

ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް)
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާނީ ފެންވަރު ސިނަމާއެއް ގާއިމްކުރުމަށް ބޭރުގެ އިންވެސްޓަރުންނާއިއެކު ވާހަކަ ދައްކާފައިވާ ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

އަހާ ފޯރަމްގައި އޮލިމްޕަސް ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ އޮތް ތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްވާޑް ވިދާޅުވީ، 2025 ވަނަ އަހަރު އެއީ އުފައްދައިގެންވެސް ވާނެ ސުވާލެއް ނޫން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ވަރަށް ގިނަ ސަރުކާރުތައް ބަދަލުވެއްޖެ ކަމަށާއި އަދި ވަރަށް ގިނަ ވެރިންވެސް ފެނިފައިވާ ކަމަށެވެ. އަސްވާޑް ވިދާޅުވީ މި ކަމަކީ އިއްޔެއަކު އުފަންވި ކަމެއް ނޫން ކަމަށެވެ.

އަސްވާޑް ވިދާޅުވީ މި ރާއްޖޭގައި އެއްވެސް ސިނަމާއެއް ނެތް ކަމަށެވެ. ރާއްޖޭގައި ހުރި ސިނަމާއަކީ ތިއޭޓަރ އެއް ކަމަށާއި، އެއީ އެއްވެސް އިރަކު ނުވަތަ އެއްވެސް ހާލެއްގައި އޭރު ތިއްބެވި ވެރިން ފިލްމު އަޅުވަން ހެދިތަނެއް ނޫން ކަމަށް އަސްވާޑް ވިދާޅުވިއެވެ.

އަސްވާޑް ވިދާޅުވީ ރައްޔިތުންނެކޭ އެއްވަރަށް މިނިސްޓަރ ވެސް ހުންނެވީ އެކަމާއި ކަންބޮޑު ވެވަޑައިގެންފައި ކަމަށެވެ. އަސްވާޑް ވިދާޅުވީ މިހާ ޒަމާންވީ ބޮޑު އާސަރީ ތަނަކަށް އެތަން ބަދަލުވާން ދޫކޮށްގެން، ތިބީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. މިހާ ބައިވަރު އަހަރުތަކެއް ވެގެން ދިޔައިރު ޒަމާނީ ފެންވަރުގެ ސިނަމާއެއް ރާއްޖޭގައި ނޭޅި އޮތް ކަން އަސްވާޑް ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން މި ދައްކާ ވަރަށް ގިނަ އިޖުތިމާއީ މައްސަލަތަކާއި ވަރަށް ގިނަ ކަންކަން ގުޅިފައި ހުންނަނީ މި ދެންނެވި މިދެންނެވި ކަންކަމާއި. ތި ދެންނެވި ސިނަމާ އަޅުގަނޑަށް ދެން ފާހަގަ ކުރެވުނު އެއްކަމަކީ ވިސްނުމުގެ މައްސަލައެކޭ ހަގީގަތުގައި މިއޮތީ. އެ ސިނަމާ އިތުރަށް ތަރައްގީ ކޮށްގެން ވަރަށް ގިނަ ގޮތްތަކެއް ހަދައިގެން ވާނެ މޮޅެއް އަޅުގަނޑަކަށް ނުއެއް ފެނޭ.“

މިނިސްޓަރ ވިދާޅުވީ އޮލިމްޕަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކޮންމެވެސް ވެރިއެއް ގޮނޑި ބަދަލު ކޮށްލަފާނެކަމަށެވެ. އަދި އަނެއް ވެރިއަކު އެތަނުގެ ޕްރޮޖެކްޓަރު ރީތިކޮށް، އެހެން ބޭފުޅަކު ވަޑައިގެން އެތަން ބޭރުގައި ލެޑު ޖައްސަވާ ފާނެކަމަށެވެ. އެހެންނަމަވެސް އެތަނުގައި ތުރަށް ފިލްމެއް ނޭޅުވޭނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

ރާއްޖޭގައި ހުނަވެރި ވަރަށް ގިނަ އަދަދެއްގެ ޕްރޮޑިއުސަރުން އުޅުއްވާ ކަމަށް އަސްވާޑް ފާހަގަކުރެއްވިއެވެ. އަސްވާޑް ވިދާޅުވީ އެތަން ސިފަވަނީ ކިރިޔާ ނުގޮވާ އިން ބޮމެއްގެ ގޮތުގައި ކަމަށެވެ. އަސްވާޑް ވިދާޅުވީ މިހާރު އުޅެނީ މި ސަރުކާރުގެވެސް އަދި މިނިސްޓްރީގެ ވެސް ނުވަތަ އެންސީއޭގެ މައްސަލައެއްވެސް ނޫން ކަމަށެވެ.

”ޕްރޮޑިއުސަރުންގެ ޝަކުވާ ވަރަށް ބޮޑު އެތަނުގައި ޑޭތުތައް ނުލިބިގެން. އަޅުގަނޑުމެންނަށް ވަކި ކުރެވޭނެ ކަމެއް ނެތް، އަޅުގަނޑުމެންނަށް އޮތީ 12 މަސް. 12 މަހުން އަޅުގަނޑުމެންނަށް ދުވަސް ދެވޭނީ. ޕްރޮޑިއުސަރަކު 30 ދުވަސް ނަގައިފިއްޔާ ފުރުސަތު ލިބޭނީ 12 ޕްރޮޑިއުސަރުންނަށް. 15 ދުވަސް ނަންގަވައިފިއްޔާ މިލިބެނީ 24 ޕްރޮޑިއުސަރުންނަށް. 15 ޝޯވް އަޅުވައިގެން ކިރިޔާ ދެކޮޅު ޖެހެނީ. ރާއްޖޭގައި، އަޅުގަނޑުމެންގެ މި އާދަކާދަ އޮންނަ ގޮތުން ހެނދުނު އަޅުގަނޑުމެން ފިލްމު ބަލާކަށް ނުދާނެ، މެންދުރު ފިލްމު ބަލާކަށް ނުދާނެ ، ހަވީރު ފިލްމު ބަލާކަށް ނުދާނެ ވީކެންޑެއް ނޫން ވެއްޖިއްޔާ. ފިލްމު ބަލަން ދަނީ ވަރަށް ސްޕެސިފިކް ގަޑިއެއްގައި އިޝާ ނަމާދުކޮށްލައިގެން ހަބަރު ބަލާ ނިންމާލައިގެން 8:30ގައި. އެއީ ފިލްމު ބަލަން ދާ ގަޑިއަކީ. 8:30 އިން ބާރައަށް އަޅުގަނޑުމެން އަޅުވާ ފިލްމެއް އަޅުވަންވީ. އަޅުވައިގެން އެ ޕްރޮޑިއުސަރަކު ނަގާ ނަފާއެއް ނަގަންވީ. މިވަގުތު އޮލިމްޕަހުގައި އަޅުވަމުން އެދަނީވެސް ރެކޯޑު ހަދަމުންދާ ފިލްމެން ނަހުލާގެ ސޮރީ. އެހެންވީމާ އަޅުގަނޑުމެން އޭގެ ހައްލު ގެންނާނަން އިނގޭތޯ“

މިނިސްޓަރ ވިދާލުވީ މިއީ ޒަމާންވީ މައްސަލައެއް ކަމަށާއި، އޮލިމްޕަސް 1 މަހަށްވެސް ބަންދު ނުކުރެވޭނެ ކަމަށެވެ. އޮލިމްޕަސް ބަންދު ކުރުމަކީ ފިޔަފާރި ބަންދު ކުރުން ކަމަށާއި ޕްރޮޑިއުސަރުންގެ ވިޔަފާރި ބަންދުކުރުން ކަމަށް އަސްވާޑް ވިދާޅުވިއެވެ. އަސްވާޑް ވިދާޅުވީ އޮލިމްޕަސް ބަންދުނުކޮށް އެހެންތަނެއްގައި ސިނަމާއެއް އަޅަންޖެހޭ ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނަނީ ރާއްޖޭގައި ހުންނަ ފަދަ ސިނަމާއެއް ނޫން ކަމަށާއި، އެތަންތަނުގައި އެކި ސްކްރީންތަކާއި، ޝޮޕިންގ ކޮމްޕްލެކްސް އާއި އަދި އިތުރު އާރކޭޑުތައް ހުންނާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ. އެ ފެންވަރަށް ނުފެށުނު ނަމަވެސް ތަސައްވުރަކަށް ވާން ވާނީ ޒަމާނީ ފެންވަރުގެ ސިނަމާއެއް އެޅުމަށް ކަމަށް އަސްވާޑް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: