ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކާއެކު މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭ ތަފްސީލު ދެއްވަމުން މިނިސްޓަރު ޝަފީޢު ވިދާޅުވީ މި މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ ސްކޫލްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާ ހުޅުމާލޭގައި އިތުރު ސްކޫލެއް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަހަރު ވެގެންމިދަނީ ސްކޫލް އިންފްރަރސްޓްރަކްޗަރ ޑިވެލޮޕްމަންޓްގައި ވަރަހަށް ޚާއްސަ އަހަރަކަށްކަމަށެވެ.

މިގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ތަރައްޤީކުރަމުންދާ ސްކޫލްއާއި ހުޅުމާލޭގައި އަޅާ އިތުރު ސުކޫލްއާއި ޢަރަބިއްޔާ ސްކޫލް އަދި މަޖީދިއްޔާ ސްކޫލްއާއެކު ވަރަށް ބޮޑު ޕްރޮޖެކްޓްތައް ފެއްޓެވުން މިދަނީ.

ޝަފީޢު ވިދާޅުވިއެވެ.

މިއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މުއިއްޒުގެ ވައުދެކެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ އަހަރު މަޖީދިއްޔާ ސްކޫލުގެ ”ސައްތަވީ ބިނާ“ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްކޫލް މަޝްރޫއުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ އިތުރު 40 ކްލާސް ރޫމްގެ އިމާރާތެއް ކުރިން ދަރުމަވަންތަ ސްކޫލް ހުރިތަނުގައި އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.

އޭގެތެރެއިން ބައެއް ކްލާސްތައް ވާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ސްމާޓް ކުލާސްތަކުގެ ގޮތުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: