ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސްފަރުވާގެ އެހީއަށް ޖޫން މަހު އެންސްޕާ މެދުވެރިކޮށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ!

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭސް ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީ ފޯރުކޮށްދިނުމަށްޓަކައި ޖޫން މަހު ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

އެންސްޕާއިން ވަނީ ޖޫން މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހު ބޭސް ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީ ފޯރުކޮށްދިނުމަށްޓަކައި 25،811،205 (ފަންސަވީސް މިލިއަން އަށްލައްކަ އެގާރަހާސް ދުއިސައްތަ ފަސް) ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އޭގެ ތެރެއިން 17 މިލިއަނަށްވުރެ ގިނަ ރުފިޔާއަކީ ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ޚަރަދު ކުރެވިފައިވާ މިންވަރެވެ. އަދި 8 މިލިއަން ރުފިޔާއަކީ ރާއްޖެއިން އެކި ހޮސްޕިޓަލުތަކާ ސިއްޙީ ފަރުވާދޭ ތަންތަނުން ޚަރަދު ކުރެވިފައިވާ މިންވަރެވެ.

ވަކިވަކި ބަލިތަކަށް ބަލާއިރު، ޖޫން މަހު އެންމެ ގިނައިން އެންސްޕާއިން ޚަރަދުކޮށްފައިވަނީ ނޭވާލާ ނިޒާމުގެ ބަލިތަކަށެވެ. އަދި މައިބަދައާއި ނާރުގެ ބަލިތަކާއި، ކަށީގެ ބަލިތަކުގެ އިތުރުން، ވިހެއުމާ ގުޅޭ ކަންކަމާއި، ކެންސަރު ބަލީގެ ފަރުވާއަށްވެސް ޚަރަދުކޮށްފައިވެއެވެ. އެންމެ މަދުން ޚަރަދުވެފައިވަނީ ތެލަސީމިއާ ބައްޔަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހަމަޖައްސާދެވުނު ގޮތުގެ ތަފްސީލްވެސް އެންސްޕާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ޖޫން މަހު ޖުމުލަ 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލު މެދުވެރިކޮށް ޚަރަދުވެފައިވާ 3 މިލިއަން ރުފިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލް މެދުވެރިކޮށްވެސް 3 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

އެންސްޕާއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖޫން މަހު އެންސްޕާ މެދުވެރިކޮށް ޕްރައިވެޓް ހޮސްޕިޓަލުތަކުން އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ކަށީގެ ބަލިތަކަށެވެ.

ހަމައެއާއެކު، ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ބޭސްފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އާލަތްތަކާއި މެޝިންތައް ހޯދުމަށް މާލީ އެހީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއެއްކަމަށްވާ އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާވެސް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދެއެވެ.

އާސަންދަ ސްކީމް މެދުވެރިކޮށް އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާ ފޯރުކޮށްދިނުމަކީ ރައީސްގެ ހަފުތާ 14 ގެ ތެރޭގައި ހިމެނޭ ވަޢުދުފުޅެކެވެ. އެގޮތުން މި ފަރުވާތައް އަމިއްލަ ޚަރަދުގައި ކުރުމަށް ދަތިވާ ފަރާތްތަކަށް ދަޢުލަތުގެ އެހީއަށް އެދި ހުޅަހެޅުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރު މާރިޗް މަހުގެ 15 ވަނަ ދުވަހުއެވެ

އާސަންދައިން ދަރިމައިވުމުގެ ދަތިކަން ހުންނަ މީހުންނަށް ފަރުވާ ނުހޯދޭކަމުގެ ކަންބޮޑުވުން އޮތުމާ ގުޅިގެން، އާސަންދަ ކަވަރުކުރާ ޚިދުމަތްތަކުގެ ތެރޭގައި އައިވީއެފް އިތުރުކޮށް އެ ހިދުމަތްވެސް އާސަންދައިން ލިބޭނެ ގޮތް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.

އެގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި އެންސްޕާއާއި އެކު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އާސަންދަ މެދުވެރިކޮށް ”އައި.ޔޫ.އައި“ އަދި ”އައި.ވީ.އެފް“ ގެ ފަރުވާ ފޯރުކޮށްދޭނެ އުސޫލެއް ވަނީ ޤާއިމްކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: