ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ހާހަކަށްވުރެ ގިނަ އެކްސިޑެންޓު ރިޕޯޓު ކޮށްފައިވޭ!

ބަސް ޓާމިނަލް ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ހާދިސާ/ ފޮޓޯ: ޚުލާސާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ހާހަކަށްވުރެ ގިނަ އެކްސިޑެންޓު ރިޕޯޓު ކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖަނަވަރީ 1 އިން ޖޫން 30 އާ ދެމެދު މާލެ ސިޓީ، ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަޙައްދުތަކުގައި މަގުމަތީގެ 1101 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ.

ވަކިވަކި މައްސަލަތަކަށް ބަލާއިރު، އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓު ކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ. އެގޮތުން ފެބްރުއަރީ މަހު 215 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، މެއި މަހުވެސް 207 އެކްސިޑެންޓު ރިޕޯޓު ކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ހިނގާފައިވާ އެކްސިޑެންޓުތަކަށް ބަލާއިރު، 6 އިންސައްތަ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތައް ވެފައިވެއެވެ. އެއީ 61 އެކްސިޑެންޓެވެ. އަދި 1040 އެކްސިޑެންޓުގައި ކުދިކުދި އަނިޔާތައްވެފައިވެއެވެ.

ވަކި ވަކި ސަރަޙައްދުތަކަށް ބަލާއިރު، ބްރިޖުގެ ހައިވޭގައި 190 އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި މާލޭގައި 911 އެކްސިޑެންޓު ހިނގާފައިވެއެވެ.

މި ފަހުންވެސް މާލެ ސަރަޙައްދުގައި ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގައި ބައެއް މީހުންގެ ފުރާނަވެސް ގޮސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: