ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ދައްކާ ވާހަކަތައް ދިމައެއް ނުވޭ، މި ސަރުކާރުން ރައްޔިތުންނަށް ދޮގު ހަދައި އޮޅުވައެއްނުލާނެ: ރާފިއު

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އެއްވެސް މަސައްކަތަކާއި ގުޅުވައި ރައްޔިތުންނަށް ދޮގު ހަދައި، އޮޅުވާލުމަށް މި ސަރުކާރުން މަސައްކަތްކޮށްފައި ނުވާނެކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ މިރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި މިނިސްޓަރ ރާފިއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެކު ހިންގެވުމުގެ ހުރިހާކަމެއް ވެސް ކުރިޔަށް ދަނީ ރައްޔިތުންނަށް އެންމެ ފަހިވާ ގޮތަށް ބަލައިކަމަށެވެ. ރާފިއު ވިދަޅުވީ ރައީސް މުއިއްޒުގެ އަމާޒަކީ އަންނަން އޮތް ޖީލުތަކާއި ރާއްޖޭގެ މުސްތަގުބަލަށް ރިއާޔަތްކޮށް ތަރައްގީ ގެނައުމަށެވެ. އަދި ހުރިހާ ރައްޔިތުންގެ ވެސް ކަންބޮޑުވުންތައް އަޑުއަހައި، ސަރުކާރުން ދަނީ ކަންބޮޑުވުންތައް ހައްލު ކުރަމުންކަމުގައި ރާފިއު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ ހަމަޖެހޭ އަމާން ދިރިރުއުޅުމަކަށް ދިވެހިން އެދޭކަމަށާއި، އެހެންކަމުން ސަރުކާރުގެ އަމާޒަކީ އެކަން ހާސިލު ކުރުންކަމަށެވެ. އަދި ސިޔާސީ ވިސްނުމުގެ ސަބަބުން ރާއްޖޭގެ މުޖްތަމައުގެ ތެރޭގައި އޮތް ތަފާތު ކުރުން ނައްތާލައި ސަރުކާރުން ހުރިހާ ރައްޔިތުންނާއި މެދު ވެސް ގެންގުޅޭނީ ހަމަހަމަ އުސޫލެއްކަމަށް ރާފިއު ވިދާޅުވި އެވެ.

ރައްޔިތުންނަށް އެއްވެސްކަމެއްގައި މި ސަރުކާރުން އޮޅުވާލުމެއް ނުގެންގުޅޭނެކަމަށް ފާހަގަކުރައްވައި، ރާފިއު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ސަރުކާރުން އެއްވެސް ދޮގެއް ނަހަދާނެކަމަށެވެ. އަދި ކޮންމެ ދާއިރާއަކުން ވެސް ގެނެސްދޭނީ، ރައްޔިތުން ބޭނުންވި އެދޭ ތަރައްގީކަމަށް ވިދާޅުވި އެވެ.

ކުޅިވަރުގެ ދާއިރާއަށް އިޝާރާތް ކުރައްވައި ރާފިއު ވިދާޅުވީ، ސަރުކާރުގެ މިހާތަނަށް އައިއިރު ކުޅިވަރުގެ 50 އަށް ވުރެ ގިނަ ޕްރޮޖެކްޓުތައް ނިންމައި ހަވާލުކުރެވިފައިވާކަމަށެވެ. އަދި މި އަހަރު ވެގެން ދާނީ ރާފިއު ވިދާޅުވި ގޮތުގައި ސްޕޯޓްސް މިނިސްޓްރީން އެންމެ ގިނަ މަޝްރޫއުތައް ކުރިޔަށް ގެންގޮސް، އެ މަޝްރޫއުތައް ނިންމާނެ އަހަރަށެވެ.

މި ޕާޓީން އިރާދަކުރެއްވިއްޔާ ޕާޓީގެ ވެރިކަން އަޅުގަނޑުމެން ކުރާނީ އެބީދައިން.. އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއް ނެތި.. އަޅުގަނޑުމެން ކުރާ މަސައްކަތް ވީހާވެސް އަމާނާތްތެރިކަމާ އެކު ދިވެހި ރައްޔިތުންނަށްކޮށްދެއްވުމަށް ޓަކައި.. އަޅުގަނޑުމެންގެ މަސައްކަތުގައި އަޅުގަނޑުމެން އޮޅުވައެއްނުލާނެ އަޅުގަނޑުގަޑުމެން ދޮގެއް ނަހަދާނެ.. ކުޅިވަރުގެ ވެސް އެކި ވަސީލަތްތައް އަޅުގަނޑުމެން މިހާރު ވެސް މިހާތަނަށް އައިއިރުގައި 50 އަށް ވުރެ ގިނަ ޕްރޮޖެކްޓު އެއްކޮށް ނިންމައި ރައްޔިތުންނާ އެކަން ވަނީ ހަވާލުކޮށްފަ.. އަދި އިރާދަކުރެއްވިއްޔާ މި އަހަރު ވެގެންދާނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ވުޒާރާ މިހާތަނަށް އެންމެ ގިނަ މަޝްރޫއުތައް ކޮށް އެ މަޝްރޫއުތަކަށް ހައްލު ގެނެސްދޭ އަހަރަށް..

ރާފިއު ވަނީ ޖުލައި މަހުގެ 26 ގައި ހުޅުވުމަށް ތައްޔާރުވެފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިލްއާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. ރާފިއު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރުން އެއާޕޯޓުގެ އެ މަޝްރޫއު ނިންމައި ހުޅުވުމަށް ކުރާ މަސައްކަތް ރައްޔިތުންނަށް އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކި ބޭފުޅުން އެއާޕޯޓުގެ މަޝްރޫއުގެ އައު ޓާމިނަލް ނިމިފައި ހުރި އިންސައްތައާއި ގުޅޭގޮތުން ވިދާޅުވަނީ އެކި ވާހަކަތައްކަމަށް ވެސް ރިފާއު ވިދާޅުވި އެވެ. އަދަދުތަކުގައި އެ ތަފާތުތައް ހުރުމުން ވެސް އެމްޑީޕީން އޮޅުވާލަމުންދާކަން ސާފުވާކަމަށް ރިފާއު ވިދާޅުވި އެވެ.

މީގެއިތުރުން ރިފާއު ވިދާޅުވީ މި ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ވެސް ކުރިޔަށްދާކަމަށާއި، ގިނަ މަސައްކަތައް ހުރީ ނިމުމަކާއި ގާތްވެފައިކަމަށެވެ. އަދި ޕީއެންސީއަކީ ޕްރޮގްރެސިވް ވިސްނުމެއް ގެންގުޅޭ ޕާޓީއެއްކަމަށާއި، ރައްޔިތުންނަށް ފުރިހަމަ ތަރައްގީ ގެނެސްދެވޭނެ ޕާޓީއަކީ މިއީކަމަށް ރާފިއު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: