ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ފްރޮމް މޯލްޑިވްސް“ އާއިއެކު ދުނިޔޭގެ ބާޒާރަށް ރާއްޖޭގެ އުފެއްދުންތައް ނެރުމަށް ފަސޭހަވާނެ: ޝިޔާމް

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

”ފްރޮމް މޯލްޑިވްސް“ މި ބްރޭންޑްގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ރާއްޖޭގެ އުފެއްދުންތައް ނެރުމަށް ދިމާވާ ގޮންޖެހުމަށް ހައްލުތަކެއް ލިބިގެންދާނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަގައި ދިވެހިރާއްޖޭގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ ބާޒާރުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އަލިއަޅުވައިލެއްވިއެވެ. ވަޒީރު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބައެއް މާކެޓްތަކުގައި ރާއްޖެއިން އަދިވެސް ބޮޑު ޓެރިފް އެއް ދައްކަންޖެހުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ނުކުރާ ބޮޑެތި ސިނާއީ ފްލީޓްތަކަށް ޑިއުޓީ ފްރީ އެކްސެސް ލިބޭއިރުވެސް، ޚާއްސަކޮށް ދުނިޔޭގެ އުތުރުގައި މުހިންމު މާކެޓްތަކުގައި ރާއްޖެއަށް ބޮޑު ޓެރިފްތަކެއް ދައްކަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި މިއީ މި އިފްތިތާހްކުރި ރާއްޖޭގެ ހާއްސަ ބްރޭންޑް ”ފްރޮމް މޯލްޑިވްސް“ މުހިންމުވާ އެއް ސަބަބުކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އުންމީދަކީ، ދިވެހި މަސްވެރިން އުފުލަމުންދާ ބުރައަށް މިކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުން \ކަމަށެވެ. އަދި ދިވެހިންގެ އުފެއްދުންތަކުގެ ހަގީގީ އަގު ދުނިޔޭގެ ބާޒާރުގައި ބަލައިގަނެ ބައިނަލްއަގުވާމީގޮތުން ބަލައިގެންފައިވާ ޕްރޮޑަކްޓަކަށް ރާއްޛޭގެ މަސްވެރިންގެ އުފެއްދުންތައް ވެގެންދިއުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: