ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ އަދަދު 50 އިންސައްތައަށް އިތުރުކުރުމަކީ އެމްއެމްއޭގެ އަމާޒު!

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ އަދަދު 50 އިންސައްތައަށް އިތުރުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަމާޒުކަމަށް އެ އިދާރާއިން ބުނެފިއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން ބޭންކުތަކަށް މާރުކޮށްފައިވަނީ 362 މިލިއަން ޑޮލަރެވެ. ކުރިން އެސްއެމްއީތަކަށް ދެމުންދިޔަ އެއްޗަށްވުރެ ބޮޑު އެއްޗެއް މިހާރު ބީއެމްއެލްއިން ދޫކުރާކަމަށް ވިދާޅުވިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާގޮތުން މި އަހަރު ނިމޭއިރު ބޭރު ރިޒާވުގައި ފައިސާގެ އަދަދު އިތުރުވެ 705.1 މިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ. މި އަންދާޒާކޮށްފައިވަނީ ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެގެންދިއުމާއި އެކްސްޗޭންޖް މާކެޓުގެ މަސައްކަތްތަކަށް ގެންނަ އިސްލާހުތަކުގެ ސަބަބުން އައު ދިމާތަކުން ބޭރު ފައިސާ ލިބެން ފަށާނެކަމަށް ލަފާކޮށެވެ.

އެ މުއައްސަސާއިން ބުނާ ގޮތުން ކުރު ރާސްތާއަށް ބަލާއިރު ރާއްޖެއާއި ބައިނަލްއަގުވާމީ ގޮތުންވެސް މާކެޓަށް ކުރިއެރުންތައް ލިބޭނެކަމަށް އަންދާޒާ ކުރެވޭ މިންވަރު ދަށްކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ އިގްތިސާދު ފުޅާވެ ތަނަވަސްކަން އިތުރުވެގެންދާނެކަމަށް ލަފާކުރެވޭ މިންވަރު ހުރީ ތާރީހުގައި އެއް މުއްދަތެއްގެ ތެރޭގައި ކުރެވިފައިވާ އަންދާޒާތަކަށްވުރެ ދަށުގައިކަންވެސް ހާމަކޮށްފައިވެއެވެ.

އެމްއެމްއޭއިން ބުނާގޮތުން ޑިއުޓީ ބޮޑުކުރުމުގެ ފިޔަވަޅުތަކެއްގެ ގޮތުގައި އެމެރިކާއިން އެ ގައުމުގެ އިގްތިސާދު ރައްކައުތެރިކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެހެނިހެން އިގްތިސާދީގޮތުން ބޮޑެތި ގައުމުތަކާއި ދެމެދު މައްސަލަތައް ހޫނުވެގެންދިއުމުގެ ފުރުސަތު އޮތްކަމަށެވެ. މިގޮތުން މަސްލަހަތު ގެއްލިގެންދިއުމުގެ ފުރުސަތު ހިމެނޭ ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި ޔޫރަޕުގެ ގައުމުތައްވެސް ހިމެނޭއިރު މިކަމުގެ ސަބަބުން އިންވެސްޓުމެންޓު ފުރުސަތުތައް ހަނިވެ ސަޕްލައި ޗޭނުތަކަށް އެކަމުގެ އަސަރު ފޯރުން އެކަށީގެންވާކަމަށް ބުނެފައިވާއިރު ބައިނަލްއަގުވާމީ މާކެޓުގައި އިންފްލޭޝަން ރޭޓު އުފުލިގެންދިއުމުގެ ފުރުސަތުވެސް އޮތްކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިވަގުތުގެ ހާލަތަށް ބަލާއިރު ބައެއް ކުރިއަރާފައިވާ އިގްތިސާދުތައް އޮތް ގައުމުތަކުގައި އިންފްލޭޝަން ދަށަށް ދާން ފަށާފައިވާކަންވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: